ހުޅުމާލޭގެ މޫދުގައި ހަބަރު ހުސްވެފައި އޮއްވައި ރޭ ފެނުނު މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި އެވެ.
ފުލުހުން ވަނީ، ހުޅުމާލޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށް، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާކުރުމަށް އާއިލާއާ ހަވާލުކުރި ކަމަށް ބުނެފަ އެވެ.
ނަމަވެސް އޭނާ ހަބަރު ހުސްވެފައި އޮތީ ކީއްވެގެން ކަމެއް މިހާތަނަށް ހާމަވެފައެއް ނުވެ އެވެ.
ހުޅުމާލޭ ޓްރެކް ސަރަހައްދުގެ މޫދުގައި ހަބަރުހުސްވެފައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އޭނާ މޫދުން ނަގައިގެން ގެންދާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާއަށް ފުލުހުން ސީޕީއާރް ނުހަދާކަން ފާހަގަކޮށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
