ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫގެ ދެ ލަނޑާއެކު އިޓާލިއަން ސީރިއާގައި ލާޒިއޯ އަތުން 3-1 އިން މޮޅުވެ، އިންޓަ މިލާން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލުކާކޫ ދެ ލަނޑު ޖެހިއިރު، ދެވަނަ ހާފުގައި އިންޓާގެ ތިން ވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. މާޓިނޭޒަށް ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިނީ ލުކާކޫ އެވެ.
މި މެޗުގައި ޖެހި ދެ ލަނޑާއި، ލުކާކޫ ވަނީ ކެރިއަރުގައި 300 ލަނޑު ހަމަކޮށްފަ އެވެ
ދެވަނަ ހާފުގައި ލާޒިއޯ އަށް ލަނޑު ޖަހައިދިނީ ސެރްގޭ މިލިންކޮވިޗް-ސަވިޗެވެ.
މި މޮޅާއެކު އިންޓަ ތާވަލްގެ އެއްވަނަ އަށް ޖެހިލީ 50 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނައިގައި 49 ޕޮއިންޓާއެކު އޮތީ އޭސީ މިލާނެވެ. ލީގުގައި އަންނަ ހަފުތާގެ އާދިއްތަ ދުވަހު މި ދެ ޓީމު ކުރިމަތިލާނެ އެވެ. – ބީބީސީ
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
ވަގަށް ގެނައި ހާހަކަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
ސުރިހީގައި އޮތީ ދެވަނައަށް. ރަނގަޅު ގޮތަކީ އެއްވަނައަށް.