ނެޓްފްލިކްސް ސީރީޒްއެއް ކަމަށްވާ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"އަށް ބެލުންތެރިންގެ ތަރުހީބު ނުުލިބޭތީ ހުއްޓާލަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން ޝޯގެ ފުރަތަމަ ސީޒަން ނިންމާލާފައިވާ ކަމަށް ޝޯގެ ބައިވެރިއެއް ކަމަށްވާ އަރްޗަނާ ޕޫރަން ސިންހް ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އަރްޗަނާ ބުނީ ފުރަތަމަ ސީޒަން ނިންމާލާފައިވާ ކަމަށާއި ޓީމާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށެވެ.
އެހެން ނަމަވެސް ޝޯގެ ދެވަނަ ސީޒަންއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އަރްޗަނާ ވެސް އަދި ޕްރޮޑިއުސަރުން ވެސް ދައްކާފައެއް ނުވެ އެވެ.
"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ ޝޯ"ގެ ފުރަތަމަ ސީޒަންގެ އެންމެ ފަހު އެޕިސޯޑުގައި މެހެމާނުންގެ ގޮތުގައި ފެންނާނީ ބޮބީ ޑިއޯލްއާއި ސަނީ ޑިއޯލް އެވެ.
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!