ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް ފާތިމަތު ހަބީބާ އައްޔަން ކުރައްވައިފި އެވެ.
ހަބީބާ ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ހަބީބާއަށް ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ހަބީބާއަށް އަރުވާފަ އެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރުކަން ކުރައްވާ ހަބީބާ ސީއެސްސީގެ މެމްބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް ފަހުކޮޅު އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފައިވަނީ، އެ ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
ހަބީބާގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި