ހުޅަނގުގެ ދިރާސާކުރާ ބައެއް ފަރާތްތަކުން، އަހަރެމެންގެ ސޯލާ ސިސްޓަމްގައި "ފާރެއް" އޮތް ކަމަށް ބުނެ އެވެ. މިކަމުގެ ހަގީގަތަކީ ކޮބައިބާވަ އެވެ.
ދިރާސާކުރާ އިލްމުވެރިން މިފަދައިން ބުންޏަސް މިއީ ހަގީގަތުގައި ފާރެއް ނޫނެވެ. މިއީ ސޯލާ ސިސްޓަމްގެ އެންމެ ބޭރު ސަރަހައްދުގައި ހުންނަ ވަރަށް ޚާއްސަ ސަރަހައްދެކެވެ. މި ސަރަހައްދަށް ކިޔަނީ "ހީލިއޯޕޯޒް" އެވެ.
ހީލިއޯޕޯޒަކީ އިރުގެ ވައި (ސޯލާ ވިންޑް) އާއި ތަރިތަކުގެ ވައި (އިންޓަސްޓެލާ ވިންޑް) ބައްދަލުވާ ހިސާބެވެ. މި ސަރަހައްދުގައި ވަރަށް ބޮޑު ހޫނުކަމެއް ހުރެ އެވެ. އެހެންކަމުން ބައެއް ސައިންޓިސްޓުން މި ސަރަހައްދަށް ކިޔަނީ "އަލިފާނުގެ ފާރު" އެވެ.
ނަމަވެސް މިއީ އާންމުންނަށް އޮޅުން އަރާފާނެ ނަމެކެވެ. ސަބަބަކީ މި ސަރަހައްދުގައި ހުންނަ މާއްދާތައް ވަރަށް ބޮޑަށް ފެތުރިފައި ހުންނާތީ، އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭތީ އެވެ.
ހީލިއޯޕޯޒްގެ މުހިންމުކަމަކީ އެތަނުން ބޭރުގައި ހުންނަ ނުރައްކާތެރި ރޭޑިއޭޝަންތަކުން ބިން ރައްކާތެރިކޮށްދިނުމެވެ. މި ސަރަހައްދު އޮންނަނީ އިރާއި ބިމާ ދެމެދު ހުންނަ ދުރުމިނުގެ ގާތްގަނޑަކަށް 120 ގުނައެއްހާ ދުރުގަ އެވެ. ނާސާގެ ވޮޔެޖާ 1 އާއި 2 މި ސަރަހައްދު ހުރަސްކޮށްފައިވަނީ 2012 އަދި 2018 ވަނަ އަހަރުގަ އެވެ.