ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މި އޮފާގެ ދަށުން ސްވިޒަލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންހައި ޑިޒްނީލޭންޑަށް އައިލާއާއެކު ދެ މީހުންނާއި ދެ ކުޑަކުދިންނަށް ދަތުރުކުރެވޭނެ އެވެ. އަދި މެލޭޝިއާއަށް ދެ މީހުންނަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުމައް ހަމަޖެހިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބާ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ. މި ފުރުސަތު ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށް އަދި އާ ކަސްޓަމަރުންނަށް 30 ޖުލައި 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއްނެތް ފައިބަރ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ޝަކީރާއަށް ވުރެ ނޯރާގެ މަގުބޫލުކަން މާ ބޮޑުވެއްޖެ
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަށް ދެ ނަމެއް ކިޔުނު ސަބަބު!
