އިންޒާރުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން ރެހެންދި ސްކޫލްގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި ފުލުހުން އެ ސްކޫލްގައި ހަރަކާތްތެރިވަނީ ބިރުދެއްކުމާއި އިންޒާރުދިނުމުގެ މައްސަލައަކާ ގުޅިގެންނެވެ.
މިއަދު ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށްދަނިކޮށް ފުލުހުންގެ ޓީމެއް އެ ސްކޫލަށް ގޮސް ބެލިބެލުމުން ނުރައްކާތެރި އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައެއްނުވެ އެވެ.
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
