ނޭޕާލުގެ، އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ރިޕޯޓްކޮށްފައިވާ މީހާގެ ނަމަކީ ޕޫރްނީމާ ގަޖްމާ ކަމަށެވެ.
ޕޫރްނީމާ ގަޖްމާ ގެއްލިގެން ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރު އޮއްސުނު ފަހުން ކަމަށް ފުލުހުން ބުންޏެވެ.
"... އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ." ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ދިނުމަށް އެދިފަ އެވެ.
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
