މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ވެސް މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެފައި ވަނީ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހު އަބްްދުﷲ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ހަ މީހަކަށް އަނިޔާގެ އައިޖީއެމްއެޗަށް ގެންދިޔައެވެ. ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް ބަންގްލަދޭޝްގެ، މަސްއޫދު ހޮސައިން،32، ވެސް ރޭ ވަނީ މަރުވެފަ އެވެ.
އެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ހަ މީހުންގެތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި ހަތަރު ދިވެހީންނެވެ.
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގެ ދެ ހާދިސާއެއްގައި މި އަހަރު ވަނީ ބައެއް މީހުން މަރުވެފަ އެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!
ދިރާގު ޕޭ ކަސްޓަމަރުންނަށް 1 ރުފިޔާއަށް ޕިއްޒާއެއް
