ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިދުމަތް ހުއްޓުމަކަށް އައީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެ ބޭންކުން ބުނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ދިމާވެފައި ވިޔަސް ޕީއޯއެސް މެޝިނުން ކާޑުން ފައިސާ ދެއްކުމުގައި މައްސަލައެއް ދިމައެއް ނުވެ އެވެ.
ބީއެމްއެލްގެ އެޕަށް މިފަދައިން ދިމާވާ މައްސަލަތައް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ބޭންކުން ހައްލުކޮށްދެ އެވެ.
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ
