މޯލްޑިވް ގޭހުން ވިއްކާ ސާޅީސް ފަސް ކިލޯ އަދި ބާވީސް ކިލޯގެ ގޭސް ފުޅީގެ އަގު މިއަދުން ފެށިގެން ކުއްލި ގޮތަކަށް ބޮޑުކޮށްފި އެވެ.
ސަރުކާރުގެ މައި ގޭސް ކުންފުނި، މޯލްޑިވް ގޭހުން ވިއްކާ 45 ކިލޯގެ ފުޅި ރީފިލްކުރާ އަގު މިހާރު ވަނީ 1345 ރުފިޔާ 50 ލާރިއަށް ބޮޑުކޮށްފަ އެވެ. ކުރިން މި ސައިޒުގެ ފުޅިއެއް ރީފިލްކުރަމުން ދިޔައީ 1170 ރުފިޔާއަށެވެ. އެ ކުންފުނިން މި ގެނައި ބަދަލާއެކު 45 ކިލޯގެ ފުޅިއަކުން 175 ރުފިޔާ 50 ލާރި މިވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން 22 ކިލޯގެ ފުޅިއެއް ރީފިލްކުރަން މިހާރު 500 ރުފިޔާ ނަގާއިރު، ކުރިން އެ ކުންފުނިން މި ސައިޒުގެ ފުޅި ރީފިލްކުރަން ނެގީ 440 ރުފިޔާ އެވެ. އެހެންކަމުން 22 ކިލޯގެ ފުޅިން 60 ރުފިޔާ ވަނީ ބޮޑުވެފަ އެވެ.
އަގުތަކަށް ގެނައި ބަދަލާއެކު 22 ކިލޯގެ ފުޅިއެއް އަލަށް ނަގާނަމަ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ޗާޖުކުރެ އެވެ. އަދި އެ ސައިޒުގެ ފުޅިއެއް ގޭހާއެކު ވިއްކަމުންދަނީ 500 ރުފިޔާ އަށެވެ. ދެ ކިލޯގެ ފުޅިއެއް އަލަށް ނަގާނަމަ ރަޖިސްޓްރޭޝަން ފީއަށް 400 ރުފިޔާ ނަގާއިރު، ގޭހާއެކު އެ ފުޅި ލިބެނީ 445 ރުފިޔާ އަށެވެ. އަދި ދެ ކިލޯގެ ފުޅި ރީފިލްކުރުމަށް ނަގަނީ 45 ރުފިޔާ އެވެ.
އެ ކުންފުނިން ވިއްކާ 10 ކިލޯގެ ފުޅި ވިއްކަމުންދަނީ ކުރިން ވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 200 ރުފިޔާ އަށެވެ. ނަމަވެސް، މޯލްޑިވް ގޭހުން މިވަގުތު 10 ކިލޯގެ ފުޅި އަދި 45 ކިލޯގެ ފުޅި އަލަށް ދޫކުރުން ވަނީ މުޅިން ހުއްޓާލާފަ އެވެ.
ކުއްލިގޮތަކަށް ގޭހުގެ އަގު ބޮޑު ކުރި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި
ވަގަށް ގެނައި ހާހަކަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
