އިންގްލެންޑްގެެ ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެލްގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ ކްރޮއޭޝިއާ އަތުން 4-2 އިން އެ ޓީމު މޮޅުވިިއިރު، މި ގުރޫޕްގައި ރޭ ޕެނަމާ އަތުން 1-0 އިން ގާނާ މޮޅުވީ އިތުރު ވަގުުތުގައި ޖެހި ލަނޑުންނެވެ.
އެމެރިކާގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން އެވެ. އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ނޯނީ މަޑުއޭކާއަށް ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ކުރި ފައުލަކާ ގުޅިގެންނެވެ.
އެންމެ ފުރަތަމާ ކޭން ޕެނަލްޓީ ފޮނުވާލުމުން، ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއުކުރި ނަމަވެސް، ގޯލު ރޮނގުމަތިން ލިވަކޮވިޗްގެ ދެ ފައިވެސް ބޭރުވެފައި ވާތީ، ރެފްރީ ވަނީ އަލުން އެ ޕެނަލްޓީ ޖަހުވައިފަ އެވެ. ދެވަނަ ފުރުސަތުގައި ކޭން ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
އެކަމަކު މެޗުގެ 36 ވަނަ މިނިޓުގައި ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަ ކުރީ މިޑްފީލްޑަރު މާޓިން ބަޓުރީނާ ކާމިޔާބުކުރި ލަނޑުންނެވެ.
އިންގްލެންޑް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 42 ވަނަ މިނިޓުގައި ކޭން ޖެހި ލަނޑުންނެވެ. ކޯނަރަކުން ޑެކްލަން ރައިސް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކޭން ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
މިއީ ވޯލްޑް ކަޕްގައި ކޭން ޖެހި 10 ވަނަ ލަނޑެވެ. އަދި މިހާރު އޭނާ ވަނީ އިންގްލެންޑްގެ ކުރީގެ ފޯވަޑް ގެރީ ލިނެކާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.
އެހެން ނަަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާގެ ފޯވަޑް ޕީޓާ މޫސާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ، އިންގްލެންޑް އިން އަލުން ލީޑު ހޯދީ ޖޫޑް ބެލިންގްހަމް ޖެހި ލަނޑުންނެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި މާކަސް ރަޝްފޯޑް ވަނީ މެޗުގެ ފަހުކޮޅު އިންގްލެންޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށް، ފަރަގު ބޮޑުކޮށްފަ އެވެ.
މި ގުރޫޕްގައި ރޭ ޕެނަމާ އަތުން 1-0 ގާނާ މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓުގެ ތެރޭގައި ކާލެބް ޔިރެންކީ ޖެހި ލަނޑުންނެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދުމާ ގާތަށް ޕެނަމާ ޖެހިލި ނަމަވެސް، ފަހު ވަގުތު އެ ޓީމަށް ކުރިމަތިވީ ހިތްދަތިކަމެވެ. އެފްރިކާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ގާނާއާ ދެކޮޅަށް ޕެނަމާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މާލޭ ސިޓީ ކައުންސިލާ ވާހަކަ ދެއްކޭނީ ލިޔުމުން އެކަނި: މުއްތަލިބު
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން