ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސީގައި މިއަދު ހައިޓީ އަތުން 3-0 އިން މޮޅުވެ، ބްރެޒިލް މި ފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަަމަ މޮޅު ހޯދައިިފި އެވެ. މި ގުރޫޕްގައި މިއަދު ސްކޮޓްލެންޑް އަތުން 1-0 އިން މޮޅުވެ، މޮރޮކޯ ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.
މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވުމުން، ބްރެޒިލްއަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެކެމަކު ކާލޯ އެންޗަލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލްއިން ވަނީ ރޭގެ މެޗުގައި ތަފާތު ދައްކައިފަ އެވެ.
މި މެޗުގައި ބްރެޒިލްގެ ތިން ލަނޑު ވެސް ޖެހީ ފުރަތަަމަ ހާފުގަ އެެވެ. މެންޗެސްޓާ ޔުނައިޓަޑްގެ ފޯވަޑް މެތުއަސް ކުންޔާ ދެ ލަނޑު ޖެހިއިރު، ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މި މެޗުން ބަލިވެ، ހައިޓީ ވަނީ މުބާރާތުން ކަޓައިފަ އެވެ. ހައިޓީއަކީ މި ފަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަަތަމަ ޓީމެވެ.
މި ގުރޫޕްގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅުނުއިރު، ބްރެޒިލް އާއި މޮރޮކޯ ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ސްކޮޓްލެންޑް ތިން ޕޮއިންޓާއެކު އޮތްއިރު، ހައިޓީ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
ސްކޮޓްލެންޑް ބަލިކޮށް މޮރޮކޯއަށް މުހިންމު މޮޅެއް
މި ގުރޫޕްގައި މިއަދު ސްކޮޓްލެންޑް އަތުން 1-0 އިން މޮރޮކޯ މޮޅުވީ މެޗުގެ 71 ވަނަ ސިކުންތުގައި އިސްމާއިލް ސައިބާރީ ޖެހި ލަނޑުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލް ކޮޅަށް ވެސް ލަނޑު ޖެހި ސައިބާރީ އަކީ ސްޕެއިންއަށް އުފަން، އަދި ބެލްޖިއަމްގައި އުޅެ ބޮޑުވި ކުޅުންތެރިއެކެވެ. ޕީއެސްވީއަށް ކުޅެމުންދާ ސައިބާރީ ،25، ކުރިއަށް އޮތް ސީޒަންގައި ޖަރުމަންގެ ބަޔާން މިއުނިކް އިން ފެނުން ގާތެވެ.
މި ގުރޫޕްގައި މޮރޮކޯ ކުޅޭ ފަހު މެޗުގައި ނުކުންނާނީ ހައިޓީއާ ދެކޮޅަށެވެ. ދެ މެޗުން ހަތަރު ޕޮއިންޓާއެކު، މޮރޮކޯއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުވެފަ އެވެ.
މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުގައި ހައިޓީ އަތުން މޮޅުވި ސްކޮޓްލޭންޑަށް ދެވަނަ ބުރުގެ އުންމީދު އަދި އެބައޮތެވެ.
އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރެވޭނީ %45 ހިއްސާ އޮވެގެން
ރާއްޖެ އެތެރެކުރަން އުޅުނު 15،600 ވޭޕް ކާޓްރިޗް އަތުލައިގެންފި
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު