ހުޅުމާލެ ފޭސް ދެއެއްގެ ހުންނަ އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާ ރިޕޯޓްކުރީ ރޭ 11:14 ހާއިރު ކަމަށެވެ. އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.