ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހަވާލުކުރި 3،260 ހައުސިން ޔުނިޓްގެ މަޝްރޫއުއަށް އިތުރު 710 ހައުސިން ޔުނިޓް އިތުރުކުރައްވާނެ ކަމަށް ރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
"ޕްރެސާ ވިތް ދަ ސްޕޮކްސް" ސިލްސިލާގެ ހަވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސް ތަރުޖަމާނު ވިދާޅުވީ، ބީއެމްއެލްއާ ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއު ފިޔަވައި ހުރިހާ ސައިޓުތަކެއްގެ ކޮންޓްރެކްޓްތައް ސޮއިކޮށް، ޑިޒައިން ކުރެހުންތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައި ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ބޮޑު ލުޔެއް ލިބޭނެ މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދޭ ލަފާތަކަށް ސަރުކާރުން އަބަދުވެސް އިހުތިރާމްކުރާކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ހަމަޖެއްސުމަށް ހިސާބުތަކަށް ބެލި ނަމަވެސް، ރައްޔިތުން އެދޭ އަސާސީ ބޯހިޔާވަހިކަމުގެ ހިދުމަތްތައް މުޅިން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ އިގްތިސާދީ ދުވެލި ހަލުވިކުރުމާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ބެލެންސްކޮށްގެން، އެންމެ ފަހި މަގުތައް ހޯދައިގެން ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލާގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ. އޭގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ 1،224 ހައުސިން ޔުނިޓްގެ ބިންގާ ވަނީ ދާދިފަހުން ވަނީ އަޅައިފަ އެވެ. މީގެއިތުރުން އެ މަޝްރޫއުގެ ދަށުން 1،190 ފްލެޓު އަޅަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި 364 ފްލެޓު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވެ އެވެ.
އެމެރިކާ އާއި އީރާނުން ނުރައްކާތެރި ހަމަލާތަކެއް ބަދަލުކޮށްފި
ވާނަލް ފޯލްސް: ހަނދާނުން ފޮހެލަން ދަތި ރީތި މަންޒިލެއް!