ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އާއިލީ ދިރިއުޅުމުގައި އަޑިގުޑަންތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި އޭނާގެ ދަރިފުޅު ޔަޝްވަރްދަން އަހޫޖާ ބޮލީވުޑަށް ތައާރަފްވާ ފިލްމު އިއުލާން ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޔަޝްގެ ފުރަތަމަ ފިލްމު "ހީރޯ ކީ ހޮރޮރައިން"ގައި އޭނާގެ މަންމަ އަދި ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާގެ ފެނިލުމެއް ވެސް ފެނިގެންދާނެ އެވެ. ފިލްމުގައި ވެސް ސުނީތާ ކުޅޭނީ ޔަޝްގެ މަންމަގެ ރޯލެވެ.
ސާޖިދު ހާން ޑައިރެކްޓްކުރާ މި ހޮރޯ-ކޮމެޑީ ފިލްމު ރިލީ ޒްކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ.
މި ހަބަރު ފެންމަތި ވެފައި މިވަނީ ގޯވިންދާގެ އާއިލީ ހަޔާތުގައި ވަނީ ވަރަށް ބޮޑެތި ހަލަބޮލިކަންތައްގަނޑެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ސުނީތާ ވަނީ ފަހަކަށް އައިސް ގޯވިންދާއާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކޮށް ވަރިވާން މައްސަލައެއް ވެސް ކޯޓަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެެވެ.
ގޯވިންދާ ލޯބީގެ ގޮތުން އެހެން ފަރާތަކާ ގުޅިގެން އުޅޭކަމަށް ބުނެ ސުނީތާ ދައްކާފައިވާ ވާހަކަތަކާއި، އާއިލާގެ ތެރޭގައި އުފެދިފައިވާ މި ހޫނު މައްސަލަތަކުގެ ސަބަބުން އާއިލާގެ ތެރޭގައި ބޮޑެތު ހަމަނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ.
ފިލްމީ ދާއިރާއިން ޔަޝްއަށް އުޖާލާ މުސްތަގުބަލެއް ފެންނަމުންދިޔަ ނަމަވެސް، އާއިލީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ ސަބަބުން މި އާއިލާ މިވަނީ މީޑިއާގެ ސަމާލުކަން ހުއްޓިފަ އެވެ.
ހީރޯއަށްވުރެ ވިލަންގެ ބައި ކުޅެން ޝައުގުވެރިވީ: ރޮބާޓް
ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފާސްކޮށްފި