ޔޫއޭއީގެ ދުބާއީން މިއަދު ހަވީރު އައި ފްލައި ޑުބާއީގެ ބޯޓަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ބިޔޯންޑް އެއާލައިންގެ ބޯޓުގެ އިންޖީނަކަށް މައްސަލައެއް ދިމާވެ، އިމަޖެންސީގައި އެ ދެ ބޯޓު ވެސް ޖައްސައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ބިޔޯންޑް އާއި ފްލައި ޑުބާއީ އެފްޒެޑް 1569 ޖެއްސީ އިންޖީނަށް ދިމާވި މައްސަލައާ ގުޅިގެން އިމަޖެންސީގަ އެވެ.
މި ހާދިސާ ދިމާވިއިރު އެ ބޯޓުގައި ތިބީ ކިތައް ފަސިންޖަރުން ކަމެއް އިންޖީނަށް ދިމާވި ކޮން މައްސަލައެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ބިޔޯންޑްގެ އިންޖީނަށް މައްސަލަ ދިމާވީ ކޮން ތަނަކަށް ފުރައިގެން ދަނިކޮށް ކަމެއް ސާފެއް ނުވި އެވެ. ނަމަވެސް އެ އެއާލައިންގެ ބޯޓު ވެސް މައްޗަށް އެރުމަށްފަހު އަނބުރާ ޖެއްސީ ދަތުރުކުރަން ބޭނުންވާ ސްޕީޑް ނުލިބޭތީ ކަމަށް އެނގިފައިވެ އެވެ.
މި ދެ ހާދިސާއާ ގުޅިގެން އެ އެއާޕޯޓުގެ އިމަޖެންސީ ޕްރޮޓޮކޯލްއާ އެއްގޮތަށް އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އަދި އައިޖީއެމްއެޗްގެ އީއާރު ވެސް އެލާޓަށް ގެނައި ކަމަށް އެނގިފައިވެ އެވެ.
މައާނީގެ ގެތުންތަކަށް ގިނަ ބައެއްގެ ތައުރީފު
ގޭގައި ދަތްތައް ހުދު ކުރާނެ ގޮތް މާހިރުން ބުނެދީފި
މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ޕެޓިޝަނަށް 10،000 ސޮއި ހޯދައިފި