އައްޑޫގައި ބޭއްވި ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭން ޖެހުމާ ގުޅިގެން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މޮނިޓާކުރަން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން އެޗްއާރުސީއެމުން ބުނީ ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އައްޑޫގައި ހިނގާދިޔަ މި ހާދިސާ ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. އަދި މިބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބަލަހައްޓަމުން ގެންދެވުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، މި ހާދިސާގައި ކާނާ ވިހަވެގެން ސިއްހީ ފަރުވާ ހޯދަމުންދާ އެންމެހާ ދަރިވަރުންނާއި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
