ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީއަށް ސްވައިން ފްލޫ (އެޗް1އެން1) ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ހަބަރު ލިބިފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "އަވާރަޕަން 2" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުން ދަނިކޮށެވެ.
ރިޕޯޓުތައް ބުނގޮތުން، ފިލްމުގެ ޕްރޮމޯޝަންތަކަށް އެކި ސަރަހައްދުތަކަށް ކުރި ދަތުރުތަކަށްފަހު މުމްބާއަށް އެނބުރި ދިޔަ އިމްރާންގެ ހާލު ވޭތުވެދިޔަ ދުވްސްތަކުގައި ރަނގަޅު ނޫންކަން ފާހަގަ ކުރެވިގެން ޓެސްޓު ކުރުމުން ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފަ އެވެ. ބަލީގެ ހާލަތު ހުރިގޮތުން ޑޮކްޓަރުން ވަނީ އޭނާއަށް ފުރިހަމައަށް އަރާމު ކުރުމަށް އިރުޝާދު ދީފަ އެވެ.
މިކަމާ ގުޅިގެން، ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭނާގެ ލައިވް ޝޯއެއް ވަނީ ފަސްކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާ ހިއްސާކުރި މެސެޖެއްގައި އޭނާ ބުނެފައިވަނީ، ސިއްހީ ހާލަތު ހުރިގޮތުން ބެންގަލޫރު ޝޯއަށް ނުދެވޭނެ ކަމަށާއި ނަމަވެސް މިއީ ހަމައެކަނި ލަސްވުމެއް ކަމަށެވެ.
އެއާއެކު އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެ ޝޯ ބޭއްވޭނެ ކަމަށާއި ކުރިން ނަގާފައިވާ ޕާސް/ޓިކެޓުތައް އެ ދުވަހަށް ބަދަލުނުވެ ބޭނުން ކުރެވޭނެ ކަމަށް އޭނާ ޔަގީން ކޮށްދީފައިވެ އެވެ.
މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އިމްރާން ހާޝްމީގެ "އަވާރާޕަން 2" އަށް ލިބެމުންދާ ތަރުޙީބު ވަރަށް ބޮޑެވެ.
ނިތިން ކަކަރު ޑައިރެކްޓް ކޮށްފައިވާ ވީޝޭޝް ފިލްމްސްގެ އުފެއްދުމެއް ކަމަށްވާ މި ފިލްމު ވަނީ ބައިނަލްއަގްވާމީ ބޮކްސް އޮފީހުގައި 200 ކްރޯޑު ރުޕީސްގެ ލަނޑުދަނޑި ފަހަނައަޅައި ގޮސްފަ އެވެ. މި ފިލްމުގައި އިމްރާން ހާޝްމީގެ އިތުރުން ދިޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީ ފަދަ ތަރިން ހަރަކާތްތެރިވެ އެވެ.
އިމްރާންގެ މި މެސެޖާއެކު އޭނާއަށް ސަޕޯޓުކުރާ އެތައް ހާސް ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރަމުންނެވެ.
މަސްތުގެ ހާލަތުގައި ކާރު ދުއްވައި އެކްސިޑެންޓްކުރި މީހާ ބަންދު
ކަސްރަތަށްފަހު "ޕްރޮޓީން ޝޭކް"އެއް ހަމަ ބޭނުން ވޭތަ؟