ސިނަމާލެ ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި ޒުވާނެއްގެ ލައިސަންސް ހިފަހައްޓައި، އޭނާ ދުއްވި ސައިކަލް 30 ދުވަހުގެ މުއްދަތަށް ފުލުހުން ޓޯކޮށްފި އެވެ.
ފުލުހުން މި ފިޔަވަޅު އަޅާފައިވަނީ އެ ޒުވާނާ ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެންމީހާ ސައިކަލް ދުއްވަމުން ދިޔައީ އެއް އަތުން ހުންގާނުގައި ހިފަހައްޓައިގެން، ސައިކަލުގެ ދެ ފަރާތަށް ފައިލުމުގެ ބަދަލުގައި އެއް ފަރާތަށް ދެ ފައި ބާލައިގެން އިނދެ އެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ މީހާގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސިނަމާލެ ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މަހުވެސް އާންމުވެފައިވާއިރު، އެ މައްސަލައިގައިވެސް ތިން ސައިކަލެއް 30 ދުވަހަށް ފުލުހުން ޓޯކުރި އެވެ.
އެމެރިކާއިން އީރާނުގެ ލާރަކް އައިލެންޑަށް ހަމަލާދީފި
"އޭޖީޓީ"އިން ސައިމަން ދުރަށް، ސަބަބަކީ ކޮބާ؟
