ސައުތު ކޮރެއާގެ ބީޓީއެސް ގްރޫޕަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގްބޫލުވެފައިވާ ގްރޫޕެކެވެ. އެގޮތުން ބީޓީއެސްއިން މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ނެރުނު "ބަޓަރު" މި ލަވަ ވަނީ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފަ އެވެ.
"ބަޓަރު" މި ލަވައަށް މިވަނީ ޖެހިޖެހިގެން ހަތަރު ހަފްތާގައި ބިލްބޯޑް ހޮޓް 100 އިން ޖާގަ ލިބިފަ އެވެ. މިއީ ބީޓީއެސްގެ ލަވަ "ޑައެނަމައެޓް" އަށް ފަހު އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ލަވަ އެވެ. "ޑައެނަމައެޓް" އަށް ވަނީ ޖެހިޖެހިގެން ތިން ހަފްތާއަށް ބިލްބޯޑް ހޮޓް 100 އިން ޖާގަ ލިބިފަ އެވެ.
ބީޓީއެސްއަށް ވަނީ ބިލްބޯޑް މިއުޒިކް އެވޯޑް 2021ގައި "ޑައެނަމައިޓް" އަށް ހަތަރު އެވޯޑް ލިބިފަ އެވެ. ބީޓީއެސްގެ "ބަޓަރު" މި ލަވަ ލިޔެފައި ވަނީ ކެނެޑިއަން ލިޔުންތެރިންތަކެއް ކަން ފާހަގަކުރެވެ އެވެ.
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟