އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑިޑީއާ ގުޅުވައިގެން ފެންމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން އޭނާގެ ދަރިވަރެއް ކަމަށްވާ ޖަސްޓިން ބީބާއަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ޖަސްޓިންގެ މިއުޒިކީ ހަޔާތުގެ ކުރީކޮޅު އޭނާގެ "މެންޓާ"އެއްގެ ގޮތުގައި ބެލި ޑިޑީ ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ.
އެންމެ އިތުބާރުކުރި އެކަކުގެ ފަރާތުން އެފަދަ ކަމެއް ފެނުމުން ޖަސްޓިންއަށް ނަފްސާނީ ގޮތުން ވެސް އަސަރު ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން ޖަސްޓިންއާ އެންމެ ގާތްކޮށް އުޅޭ މީހުންނާ މި ދުވަސްވަރު ދުރުވެފައިވާ ކަމަށާއި އިތުރު މީހަކަށް އިތުބާރުކުރަން އޭނާ ޖެހިލުންވާ ކަމަށްވެސް ބުނެވެ އެވެ.
ޑިޑީގެ މައްސަލަ ފެންމަތިވި ފަހުން ޖަސްޓިން މީޑިއާއަށް ފެނުނު އެންމެ ފަހު ފަހަރު އޭނާގެ މޫނުމަތިން މޮޅިވެރިކަން ފެނުނު ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
ޖަސްޓިންގެ ގާތް ފަރާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މި ގޮންޖެހުންތަކާއެކު ވެސް އޭނާ އަންނަނީ އޭނާގެ މަސައްކަތަށް ފުރިހަމައަށް ވަގުތު ދޭން މަސައްކަތް ކުރަމުންނެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!
"ޖޭމްސް ބޮންޑް"ގެ ރޭހަށް ޖޯޖް ކްލޫނީގެ ހޮވުމަކީ މިއީ!