ޕީޕީއެމް ބޭނުންކޮށްގެން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޕީޕީއެމް އުވާލުމަށް ނިންމައިފި އެވެ.
ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޕީޕީއެން އުވާލަން ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ސެނެޓުންނެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި ސެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުން ވަނީ ޕާޓީ އުވާލަން ފާސްކޮށްފަ އެވެ. ފާސްވާން ބޭނުންވަނީ 38 ސެނެޓަރުންގެ ވޯޓެވެ.
މީގެ ކުރިން ސެނެޓުންވަނީ ފަސޭހައިން ޕާޓީ އުވާލެވޭ ގޮތް ހަދަން ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަން ފާސްކޮށްފަ އެވެ.
ޕީޕީއެމްގެ ވަސީލަތްތަކާއި ޕީޕީއެމްގެ މެންބަރުން ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަމާއި ހަމައަށް ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒުއާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ގުޅިގެންވަނީ ޕީޕީއެމް އުވާލުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެ ބޭފުޅުން ބޭރު ކުރެއްވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެއަށްފަހު 38،000 އަށްވުރެ ގިނަ މެންބަރުން ތިބި ޕީޕީއެމްގެ މެންބަރުންތައް ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް ޕީއެންސީއިން ކުރި އެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
އެއް މެޗަށްފަހު ޓިއުނީޝިއާ އިން ކޯޗު ވަކިކޮށްފި
ހުރިހާ ޕާޓީ އުވާލަންވީ