ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މައުރޫފް ޖަމީލް މިއަދު އައްޔަންކޮށްފި އެވެ.
އޭނާ އެ މަގާމަަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ ހާމަކޮށްފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުއަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ރޭ އޭނާވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބަދުލް ގައްޔޫމްގެ ވަރިކަމުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރައްވާފައިވާ މައުރޫފް އަކީ އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ވެސް އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައިވެ އެވެ.
މައުރޫފަކީ އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ