ޖެނީވާގައި އާދިއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އީރާނުގެ މަޝްވަރާ ޓީމާ ގާތް ފަރާތަކާ ހަވާލާދީ އެ ގައުމުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފި އެވެ.
އެއްބަސްވުން ފައިނަލް ކުރެވި، އާދިއްތަ ދުވަހު ޖެނީވާގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޭރުގެ ބައެއް މީޑިއާތަކުން ކުރަމުންދާ ދައުވާތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ވަނީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފަ އެވެ. އަދި މި މައްސަލައިގައި އީރާނުގެ އެތެރޭގައި ކުރަންޖެހޭ ދިރާސާތަކާއި ނިންމަންޖެހޭ ނިންމުންތައް އަދި ނިމުމަކަށް ނާންނަކަން ވެސް ބުނެފައިވެއެވެ.
އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން ފެތުރި ހަބަރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ހުކުރު ދުވަހު "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އާންމުކޮށްފައިވާ މައުލޫމާތުތަކަކީ "ފޭކް ނިއުސް" ނުވަތަ ދޮގު މައުލޫމާތުތަކެއް ކަމަށާއި، އެއީ ލިޔުމުން އެއްބަސްވެފައިވާ ކަންކަމާ އެއްވެސް ގުޅުމެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
އެއްބަސްވުމެއް ފާސްވެފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ސޮއިކުރެވިދާނެ ކަމަށް ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވި ނަމަވެސް، އޭނާގެ ފަހުގެ ވާހަކަތަކުން ދޭހަވަނީ މިކަމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެވެ.
ޓްރަމްޕްގެ ޕޯސްޓުގައި ވަކި ޚާއްސަ ރިޕޯޓަކަށް އިޝާރާތް ކުރައްވާފައި ނުވި ނަމަވެސް، އޭނާ މިފަދައިން ވިދާޅުވީ އީރާނުގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާ "އިރްނާ" އިން އެއްބަސްވުމުގެ މައިގަނޑު ހަތް ނުކުތާއެއް ހާމަކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
ދިރާގު ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަވަނީ
ޖަރުމަނުގެ ސަޕޯޓަރުން މެޗަށް އަންނަ ބަހުގެ ހަރަދު ކުޅުންތެރިނަށް
ޝަމްއާނަށް ދައުވާކުރީ ސިޔާސީ ކަމެއްގައި: ޔާމީން