"ކިންގް އޮފް ޕޮޕް" ގެ ނަމުން މަޝްހޫރުވެފައިވާ މިއުޒިކަލް ލެޖެންޑް މައިކަލް ޖެކްސަންގެ ފަންނީ އަދި އަމިއްލަ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ބަޔޯޕިކް ފިލްމު "މައިކަލް" ބޮކްސް އޮފީހުގައި އާ ތާރީހެއް ލިޔެފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި މި ފިލްމަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު، މިއީ މިހާތަނަށް ދުނިޔޭގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް ބަޔޯޕިކް ފިލްމުގެ ގޮތުގައި މިވަނީ ރެކޯޑް ކުރެވިފަ އެވެ.
މި ކާމިޔާބީއާއެކު "މައިކަލް" މިވަނީ މީގެ ކުރިން މި ރެކޯޑް އޮތް ފްރެޑީ މާކަރީގެ ހަޔާތުގެ މައްޗަށް އުފެއްދި "ބޮހީމިއަން ރެޕްސޮޑީ" ފަހަތަށް ޖައްސާލާފައެވެ.
2018 ވަނަ އަހަރު ރިލީޒްކުރި ގްލޯބަލް ހިޓް "ބޮހީމިއަން ރެޕްސޮޑީ" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބުނީ 910 މިލިއަން އެމެރިކާ ޑޮލަރެވެ.
ނަމަވެސް، ލަޔަންސްގޭޓްއިން އުފައްދާފައިވާ "މައިކަލް" ފިލްމު ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ އަދަދު ފަހަނާއަޅައި ގޮސް، ބޮޑު ތަފާތަކުން ކުރި ހޯދާފަ އެވެ.
ފިލްމީ މާހިރުން ލަފާކުރާ ގޮތުގައި މި ފިލްމުގެ އާމްދަނީ ސިނަމާތަކުން އެކަނިވެސް އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ އެވެ. މިއީ މިއުޒިކް ބަޔޯޕިކް ޖޯންރާގެ ފިލްމަކަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
މައިކަލްގެ ރޯލުން އޭނާގެ އަމިއްލަ އާއިލާގެ ލޭމި ފިލްމަށް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހުއްޓުނު އެންމެ ބޮޑު އެއް ސަބަބަކީ، މައިކަލް ޖެކްސަންގެ ރޯލު ކުޅެފައިވާ އެކްޓަރެވެ. ފިލްމުގައި މައިކަލްގެ ކެރެކްޓާ ދައްކުވައި ދީފައިވަނީ އޭނާގެ އަމިއްލަ ބޭބެގެ ދަރިފުޅު ޖާފަރް ޖެކްސަން އެވެ.
ޖާފަރްގެ ހުށަހެޅުމަށް ފާޑުކިޔުންތެރިންނާއި ސަޕޯޓަރުން ދަނީ އިންތިހާއަށް ތައުރީފު ކުރަމުންނެވެ. އޭނާގެ ހަރަކާތްތަކާއި، ވާހަކަދެއްކުމުގެ ސްޓައިލް އަދި ނެށުން މައިކަލްއާ އެއްގޮތްކަމުން، ގިނަ ބަޔަކަށް އިހުސާސް ކުރެވުނީ ހަމަ އަސްލު މައިކަލް ޖެކްސަން ސްކްރީނުން ފެންނަ ކަމަށެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "ޓްރޭނިންގް ޑޭ" އަދި "އިކުއަލައިޒާ" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން އެންޓޮއިން ފުކުއާ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ "ގްލޭޑިއޭޓަރ" އަދި "ބޮހީމިއަން ރެޕްސޮޑީ" ގެވެސް ޕްރޮޑިއުސަރ ގްރަހަމް ކިންގް އެވެ.
ޔަންސްގޭޓުން ހާމަކުރި ގޮތުގައި، މައިކަލް ޖެކްސަންގެ މިއުޒިކަކީ ބައްރުތަކާއި ޖީލުތައް ފަހަނާއަޅައި ގޮސްފައިވާ އެއްޗެކެވެ. ފިލްމަށް މި ލިބުނު ބޮޑު ކާމިޔާބީން ހާމަވަނީ، އޭނާ މަރުވިތާ އަހަރުތަކެއް ވީނަ މަވެސް، ދުނިޔޭގެ މިއުޒިކް މާކެޓުގައި އޭނާގެ ނުފޫޒާއި މަގުބޫލުކަން އަދިވެސް އެއްވެސް ބަދަލެއް ނެތި ދެމިއޮތް ކަމެވެ.
ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރަން ފަށައިފި
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ސްކޫލެއްގެ މުވައްޒަފުންތަކެއް ހިންގި ބޮޑު ހިޔާނާތުގެ މައްސަލައެއް