އެމެރިކާގެ އަސްކަރީ ހަރަކާތްތަކާއި އާލާތްތައް އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ހުރިހާ ކަމެއް އީރާނުގެ ކަނޑުގެ ސިފައިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފި އެވެ. އަދި އެމެރިކާގެ ސިފައިން މިހާރު ތިބީ އީރާނުން ދީފާނެ ހަމަލާއެއްގެ "ޒީރޯ އަވާ" ނުވަތަ އެންމެ ފަހު ވަގުތާ ގާތްވެފައި ކަމަށްވެސް އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެމެރިކާގެ އަސްކަރީ އުޅަނދުތައް އީރާނުގެ ބެލުމުގެ ދަށުގައިވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު އައިއާރުޖީސީ ނޭވީން ބުނެފައިވަނީ، ޓެރަރިސްޓް އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަރަކާތްތަކާއި ވަސީލަތްތައް އީރާނުގެ ކަނޑުގެ ސިފައިން ދަނީ ވަރަށް ފަރުވާތެރިކަމާއެކު މޮނިޓަރު ކުރަމުން" ކަމަށެވެ.
މީގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކަނޑުގެ ސިފައިންނާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ހިންގާފާނެ އޮޕަރޭޝަނެއްގެ "ޒީރޯ އަވާ" އާ ކޮންމެ ހިނދުކޮޅަކުވެސް އެމެރިކާ ސިފައިން ގާތްވަމުންދާ ކަމަށް އައިއާރުޖީސީ އިން އިތުރަށް ބުނެފައިވެއެވެ.
އައިއާރުޖީސީ އިން މި ބަޔާން ނެރެފައިވަނީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފެށި އަސްކަރީ ހަމަލާތަކަށްފަހު، އީރާނުގެ ކަނޑުގެ ސިފައިންގެ ގާބިލުކަމާއި، އިންފްރާސްޓްރަކްޗަރާއި، އުޅަނދުފަހަރާއި، އަސްކަރީ ވަސީލަތްތައް މުޅިން ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ދައުވާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން އެ ދައުވާތައް ދޮގުކުރަމުން ބުނެފައިވަނީ، އެގައުމުގެ ކަނޑުގެ ސިފައިން އަދިވެސް ތިބީ ފުރިހަމަ އޮޕަރޭޝަނަލް ހާލަތުގައި ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ހިމެނޭ ގޮތަށް އެ ސަރަހައްދުގެ ކަނޑުގެ މަގުތައް ބަލަހައްޓައި ޕެޓްރޯލް ކުރަމުންދާ ކަމަށެވެ.
ތެހެރާނުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކާއެކުވެސް އީރާނުގެ އަސްކަރީ ގާބިލުކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ކުރިއަށް އޮތް އޮޕަރޭޝަނެއްގެ ބާވަތާއި ވަގުތާ ބެހޭ އެއްވެސް ތަފްސީލެއް އައިއާރުޖީސީ އިން ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ކުރު އިންޒާރެއް ދެމުން ބުނެފައިވަނީ، އިންތިޒާރު ކުރުމަށެވެ.
ފުވައްމުލަކުގައި ރާއްޖޭގެ ފުރަތަމަ ޝާކް ރިސާޗް ހަބް ހުޅުވައިފި
އަމިއްލަ ނަފްސުގެ ހަމަޖެހުމަށްޓަކައި ދުރުވާންޖެހޭ 5 ހާލަތެއް!
ލަންކާގެ ހައުސް އޮފް ފެޝަންސްގެ ވެރިޔާ ހައްޔަރުކޮށްފި