ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން"ގެ ސެޓުން ދިމާވެ، ދުނިޔޭގެ އެތައް މިލިއަން ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ޓޮމް ހޮލޭންޑް އަދި ޒެންޑާޔާ ސިއްރުން ކައިވެނިކޮށްފި ކަމަށް ދެކެވޭ ވާހަކަތަކަށް އެންމެ ފަހުން ނިމުމެއް އަތުވެއްޖެ އެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ޓޮމް ވަނީ އޭނާއާއި ޒެންޑާޔާ ކައިވެނިކޮށްފިކަން ރަސްމީކޮށް ކަށަވަރު ކޮށްދީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ.
އިންޓަވިއުގައި ވާހަކަ ދައްކަމުން ޓޮމް ވަނީ އެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުނު ގޮތާއި މީޑިއާތަކަށް ސިއްރުން އެކަން ކުރިއަށް ގެންދިޔަ ގޮތުގެ ކުޑަ ތަފްސީލެއް ހިއްސާ ކޮށްފަ އެވެ.
ކައިވެނީގެ ހަބަރުތަކާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓޮމް ވަނީ ވަރަށް އުފާވެރިކަމާއެކު އެކަން ގަބޫލު ކޮށްފަ އެވެ. އޭނާ ބުނީ ކައިވެނީގެ ހަފްލާ ބޭއްވީ ބޮޑުކޮށް މީޑިއާތަކަށް ދައްކައިގެން ނޫން ކަމަށާއި، އެއީ ހަމައެކަނި އެންމެ ގާތް މީހުންނަށް ބޭއްވި ހަފްލާއެއް ކަމަށެވެ.
"އާނ. އަހަރެމެން ކައިވެނި ކޮށުްފިން. އެއީ ވަރަށް ރީތި، ހަމަހިމޭން އަދި އަމިއްލަ ހަފްލާއެއް. އަހަރެމެންގެ އާއިލާގެ އެންމެން އެތަނަށް ދިޔަ. އެއީ އަހަރެމެން ދެމީހުންނަށް ވެސް ވަރަށް ހާއްސަ، ދުވަހަކުވެސް ހަނދާނުން ނައްތާނުލެވޭނެ ފަދަ ވަގުތުކޮޅެއް،" ޓޮމް ކިޔައިދިނެވެ.
ޓޮމް އިތުރަށް ބުނި ގޮތުގައި ދިރިއުޅުމުގެ މިފަދަ ބޮޑެތި ކަންކަން މީޑިއާގެ ސަމާލުކަމުން ދުރުގައި، އަމިއްލަ ގޮތެއްގައި ބޭއްވުމަކީ އެމީހުންގެ ގުޅުން ވަރުގަދަކޮށް ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭ ކަމެކެވެ.
ޓޮމް އާއި ޒެންޑާޔާގެ ލޯބީގެ ދަތުރު ފެށުނީ 2016 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން: ހޯމްކަމިންގ" ފިލްމުގެ މަސައްކަތުގެ ތެރެއިންނެވެ. ފިލްމުގައި ޕީޓާ ޕާކަރ އަދި އެމްޖޭގެ ރޯލުން ފެނުނު މި ދެ ތަރިންގެ މެދުގައި އޮތް ގާތްކަން ބަދަހިވެ، ލޯބީގެ ގޮތުން ގުޅުނެވެ.
ގިނަ އަހަރުތަކެއް ވަންދެން އެމީހުންގެ ގުޅުން ސިއްރެއްގެ ގޮތުގައި ބޭއްވުމަށްފަހު، 2021 ވަނަ އަހަރު އެމީހުން ވަނީ ލޯބީގެ ގޮތުން އުޅޭކަން އާންމުންނަށް ހާމަ ކޮށްފަ އެވެ.މި ދެމަފިރިންގެ ކައިވެނީގެ ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި