މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާ އާއި އެކްޓަރު ކެލަމް ޓާނާ، އިޓަލީގެ ސިސިލީގައި ބޭއްވި އެމީހުންގެ ކައިވެނީގެ ކޮންސެޓާއި އުފާ ފާޅު ކުރުންތަކުގެ ރަސްމީ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރުމާއެކު، މުޅި ސޯޝަލް މީޑިއާގެ ސަމާލުކަން ވަނީ އެއަށް ހުއްޓިފަ އެވެ.
ފޮޓޯތަކާއެކު ދުއާ ލިޕާ ލިޔެފައިވަނީ "މިސްޓަ އެންޑް މިސިސް" އެވެ. ނަމަވެސް، މި ފޮޓޯތަކުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ދުއާ ލިޕާގެ ރީތި ކައިވެނީގެ ހެދުމުގެ އިތުރުން، އޭނާގެ ފިރިމީހާ ކެލަމް ޓާނާ ލައިގެން ހުރި ތަފާތު ގަމީހެވެ.
ގަމީހުގެ ކޮން ތަފާތެއް؟
މި ކައިވެނީގެ ހަފްލާއަށް ކެލަމް ޓާނާ ލައިގެން ހުރީ "ލުއީ ވުޓޮން" ބްރޭންޑްގެ ކަސްޓަމް ޓަކްސީޑޯ ސޫޓެކެވެ. ނަމަވެސް، ފެޝަން މާހިރުންނާއި ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ އޭނާގެ ކޯޓުގެ އެތެރެއިން ލައިގެން ހުރި ހުދު ގަމީހަށެވެ.
މި ގަމީހަކީ ކުރީގެ ކްލެސިކް ސްޓައިލެއްގެ، ކުރިމަތީގައި ރީތި ރޫތަކެއް (ޕްލީޓްސް) ޖަހާފައިވާ 'ޕްލީޓެޑް-ބިބް' ޓަކްސީޑޯ ގަމީހެކެވެ. މި ޒަމާނުގެ ގިނަ ފިރިހެނުން ކައިވެނި ތަކުގައި އާދައިގެ ސާދާ ހުދު ގަމީސް ލާއިރު، ކެލަމް ހިޔާރުކުރި މި ކްލެސިކް ސްޓައިލްގެ ސަބަބުން އޭނާގެ ހެދުން އެހެން މީހުންނާ ވަރަށް ތަފާތު ވެފައިވާ ކަމަށް "ބްރިޓިޝް ޖީ.ކިއު" ފެޝަން މެގަޒިނުން ވަނީ ތައުރީފު ކޮށްފަ އެވެ. މިއީ ޒަމާނީ ސޫޓަކާއެކު ބޭނުންކޮށްލި ވަރަށް ފުރިހަމަ، ޒަމާންވީ ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރެ އެވެ.
ދުއާ ލިޕާގެ ޝެނެލް ހެދުން: 1،155 ގަޑިއިރުގެ މަސައްކަތް!
ކެލަމްގެ ގަމީހުގެ ވާހަކަ ދެކެވުނު ނަމަވެސް، ދުއާ ލިޕާގެ ކައިވެނީގެ ހެދުމަކީ ހަގީގީ ފެޝަން މާސްޓަޕީސް އެކެވެ. އޭނާ ލައިގެން ހުރީ "ޝެނެލް ހޯޓް ކޯޗާ" އިން ހާއްސަކޮށް އޭނާއަށް ތައްޔާރު ކޮށްދިން ހުދު ހެދުމެކެވެ.
މި ހެދުން ފަރުމާ ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު މެތިއު ބްލޭޒީއެވެ. މި ހެދުމުގައި 480,000 އަށްވުރެ ގިނަ ކުދި މުތީއާއި 25,000 ފަތް އަތުން ހަރު ކޮށްފައިވެ އެވެ.
މި ހެދުމުގެ އެމްބްރޮއިޑަރީ މަސައްކަތް އެކަނި ނިންމުމަށްވެސް 1,155 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން އޭނާ އަޅައިގެން ހުރި ހަ މީޓަރުގެ ދިގު ވެއިލް ވެސް ތައްޔާރު ކޮށްފައިވަނީ ހަމަ މިގޮތަށް އަތުގެ ފަންނުވެރިކަމުންނެވެ.
މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހު ލަންޑަނުގެ "އޯލްޑް މެރިލެބޯން ޓައުން ހޯލް" ގައި ބޭއްވި ކުރު، ސިއްރު ކައިވެންޏަށްފަހު، މިފަހަރު އިޓަލީގައި ބޭއްވި ތިން ދުވަހުގެ ބޮޑު ހަފްލާއަކީ އެމީހުންގެ ރަށްޓެހިންނާއި އާއިލާއާއެކު ކައިވެނި ރަސްމީކޮށް ފާހަގަކުރުމަށް ބޭއްވި ހަފްލާ އެކެވެ.
ފެޝަންގެ ދުނިޔޭގައި މި ދެމަފިރިންގެ މި ހެދުންތަކަކީ ކުރިއަށް އޮތް ތަނުގައި ކައިވެނިކުރާ ގިނަ ޒުވާނުންނަށް ލިބިގެންދާނެ ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
ބުރުގާ ނާޅާ ލަވަކިޔުމުގެ އަދަބަކަށް ވީ ހައްދު ޖެހުން!