ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުއިއްޒުގެ ބަދަލުގައި އެހެން ބޭފުޅަކު ނެރުމާ ބެހޭގޮތުން އެ ޕާޓީގެ ތެރޭގައި މަޝްވަރާތައް ފެށިއްޖެ ކަމަށް ބުނެ ޕީއެންއެފްގެ އިސް ބޭފުޅަކު ކުރެއްވި ޕޯސްޓަކާ ގުޅިގެން ރައީސް މުއިއްޒުއާއެކު ތިބިކަން ހާމަކުރުމަށް އަންގަން ފަށައިފި އެވެ.
ރައީސް ޔާމީން އިސްކޮށް ހުއްނަވާ އުފެއްދެވި ޕީއެންފް ގައި އިސްކޮށް އުޅުއްވާ އަހުމަދު މުސްތަފާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުއިއްޒުގެ ބަދަލުގައި އެހެން ބޭފުޅަކު ނެރުމާ ބެހޭގޮތުން އެ ޕާޓީގެ ތެރޭގައި މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. މިއާއެކު 2028 ވަނަ އަހަރަށް އެހެން ކެންޑިޑޭޓަކު ނެރުމަށް ރާވަމުންދާކަމުގެ ތުހުމަތު ކުރައްވައި، މުއިއްޒު ދަނީ ޕީޕީއެމްގެ އިސްވެރިންނަށް ފޯނުން ގުޅުއްވައި، މެސެޖުކޮށް، އެކި ގޮތްގޮތުން ނުފޫޒު ފޯރުއްވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކުރިމަތިވެދާނެ ވަރުގަދަ ވާދަވެރިން ކަމަށް ބެލެވޭ ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި، ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ކުރީގެ މިނިސްޓަރު އާދަމް ޝަރީފް މިހާރު ވަނީ އެއްފަރާތް ކުރެވިފައި ކަމަށް އޭނާގެ ޕޯޓްގައި ބުނެފައިވެ އެވެ.
"ޒަމީރު ވަނީ ޕީއެންސީގެ ނައިބު ރައީސްކަމަށް ކެމްޕޭން ފައްޓަވާފައި. ނަމަވެސް، މުއިއްޒު އެ މަގާމު ޒަމީރަށް ދެއްވާކަށް ބޭނުމެއް ނުވޭ. ދެން އޮތީ ޝިޔާމާއި އަދުރޭއާ ދެކޮޅަށް ފިޔަވަޅު އެޅުން. އެ ބޭފުޅުން ވެސް މަޑުމަޑުން ބާކީކޮށްލާނެ. މިހާރު ކުއްލި ގޮތަކަށް ބާއްވަން އުޅޭ ކޮންގްރެސްގެ ބޭނުމަކީ ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުންނާއި ލީޑަޝިޕްގެ ބާރު ކަނޑުވާލުން،" މުސްތަފާގެ ޕޯޓުގައި ލިޔެފައިވެ އެވެ.
އެ ޕޯސްޓްގެ މައްސަލަ ޕީއެންސީ ތެރޭގައި ބޮޑުވެ، ރައީސް މުއިއްޒުގެ ފަރާތުން ގެންދަނީ ޕީއެންސީގެ ލީޑަޝިޕް ބޭފުޅުން އެއަށް ރައްދުދެއްވުމަށް އަންގަވަމުންނެވެ.
އެގޮތުން އެ ޕޯސްޓަށް ރައްދު ދެއްވައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ދޮގު މައުލޫމާތު ހިމަނައިގެން ކުރާ ޓުވީޓަކުން ޕީއެންސީ ބައިބައިކޮށްލެވިދާނެ ކަމަށް ހީކުރަނީތޯ ސުވާލު ކުރައްވާފަ އެވެ. އަދި ޕީއެންސީގެ ލީޑަޝިޕް އޮތީ ރައީސް މުހައްމަދު މުއިއްޒާއެކު ފުރިހަމަ ބަދަހިކަންމަތީގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދާދިފަހުން އެންގެވުމުން އިސްތިއުފާދެއްވި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެ މަސައްކަތުގައި ދެމިތިބޭއިރު، ޕީއެންސީ އިން މިދަނީ ރައީސް މުއިއްޒަކީ ލީޑަރު އަދި ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ކަމަށެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރި މަޖިލިސް މެންބަރުންނާއި، ޕާޓީގެ ހުރިހާ މެންބަރުން މިތިބީ ރައީސްއާއި އެމަނިކުފާނުގެ ލީޑަޝިޕަށް ފުރިހަމައަށް ތާއީދުކޮށް، ސާބިތުކަމާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި،" ޒަމީރު ވިދާޅުވި އެވެ.
ރަސްމީ ދަތުރެއްގައި އުޅުއްވަނިކޮށް ވަގުތުން އިސްތިއުފާ ދެއްވުމަށް އެންގެވުމުން މިދިޔަ އޭޕްރީލް މަހު އިސްތިއުފާދެއްވި ކުރީގެ ލޯކަލްގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވެސް ވަނީ ރައީސް މުއިއްޒުއާއެކު ތިބިކަން ހާމަކޮށް ޕޯސްޓެއް ކުރައްވާފަ އެވެ.
މިއާއެކު ހަނދާން އާވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމާމެދު ގޮތެއް ނިންމުމަށް ކައިރިވެފައިވަނިކޮށް، ލައިވް ޕްރެސްއެއް ބާއްވައި މިހާރުގެ ރައީސް، މުއިއްޒު ހިމެނިވަޑައިގަންނަވާހެން ހަމަ އެ ޓީމުން "ރައީސް ޔާމީނާއެކު ގަދަކޮށް" ތިބިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެވެ.
އޭރުވެސް އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން ނޫން އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރާކަމަށެވެ. އަދި އޭރު ޕީޕީއެމް ތެރޭގައި ރިޔާސީ ކެންޑިޑޭޓާ ގުޅިގެން އާއްމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ވަގުތެއްގައި ރައީސް މުއިއްޒު އެކަނި ދެތިން މީޑިއާ ގެންގޮސްގެން ޕްރެސް ކޮންފަރެންސްއެއް ބާއްވަވަވާ ވަނީ އަބަދުވެސް ހުންނަވާނީ ރައީސް ޔާމީނާއެކު ކަމަށް ވިދާޅުވެ ޑްރާމާ ކުޅުއްވާފަ އެވެ.
2028 ވަނަ އަހަރަށް އެހެން ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތައް މިހާރު ޕީއެންސީގެ ތެރޭގައި ފެށިފައިވާ ކަމަށާއި ބިރުދެއްކުމަކުން ނުވަތަ ނުފޫޒަކުން އެކަމެއް ނުހުއްޓުވޭނެ ކަމަށް މުސްތަފާ ވަނީ ޕޯސްޓުގައި ވިދާޅުވެފަ އެވެ.
ދުނިޔޭގެ ސިނަމާތަކަށް ބިރުވެރި ފިލްމުތަކުގެ "ރަން ޒަމާނެއް"!
އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވި މީހަކު ވަޒީފާއިން ވަކިކޮށްފި
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
އަޅުގަނޑު މިހުރީ މުޢިއްޒު އާއެކު. إن شاءالله އެކަމަކު ހައްޖު ކިޔު ފަޅާތީ ޝަހީމް. އަދި ޝަކީލް އިސްތިއުފާއަށް ގޮވާލަން
ރިޕްލައި