އީރާނަށް ސާފުނުކުރާ ތެލާއި އެއާ ގުޅުންހުރި އުފެއްދުންތައް އުފެއްދުމާއި، ވިއްކުމާއި އަދި އެކި ތަންތަނަށް ފޮނުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އޮގަސްޓް 21 ގެ ނިޔަލަށް ވަގުތީ ލުޔެއް ދީފައިވާ ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހޯމަ ދުވަހު ބުނެފި އެވެ.
އެމެރިކާގެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ ޓްރެޜަރީ ޑިޕާޓްމަންޓުން އާންމުކުރި ހުއްދައެއްގައިވާ ގޮތުން، އީރާނުގެ ސާފުނުކުރާ ތެޔޮ އުފެއްދުމާއި، ވިއްކުމާއި އަދި އުފުލުމާ ގުޅޭގޮތުން މީގެ ކުރިން މަނާކޮށްފައިވާ ހުރިހާ މުއާމަލާތްތަކެއް ކުރުމުގެ ހުއްދަ، 21 އޮގަސްޓް 2026 ގެ މެންދަމު 12:01 އާ ހަމައަށް މިހާރު ވަނީ ދީފަ އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތައް މެދުކަނޑާލަން ނިންމީ ހޮރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ދިނުމަށާއި، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުންނަށް އީރާނަށް ވަނުމުގެ ހުއްދަ ދިނުމަށް، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން އެއްބަސްވެފައިވާތީ އެވެ.
އީރާނާއި އެމެރިކާއިން ދާއިމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މިހާރު ސްވިޒަލޭންޑްގައި ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށް ދެ ގައުމުންވެސް ވަނީ ބުނެފަ އެވެ. ސާދަ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބުރު ވަނީ މިއަދު ނިންމާލާފަ އެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ