ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލްކަން ރައްޔިތުންގެ ކުރިމަތީގައި އިންތިހާއަށް ދަށްވެފައިވާތީ، އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީން އެހެން ކެންޑިޑޭޓެއް ނެރުމަށް ސިއްރު މަޝްވަރާތަކެެއް ފަށައިފި އެވެ.
ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ އަންނަ އިންތިހާބުގައި ރައީސް މުއިއްޒު ނުވިއްކޭނެ ކަަމަށް ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން މިހާރު ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރު ހިންގަން ނޭގުމާއި ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނާ މެދު ކަންތައްކުރައްވާ އިހާނެތި ގޮތުގެ ސަބަބުން ރައީސް މުއިއްޒަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލީޑަޝިޕްގެ ގިނަ ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި ރައީސް މުއިއްޒު ނޫން އެހެން ކެންޑިޑޭޓެއް ނެރެގެން އަލުން ވެރިކަން ދިފާއު ކުރެވޭނީ. އެގޮތަށް ވާހަކަ ދެކެވެމުން އެބަދޭ. މިކަން ކުރަމުން ދަނީ ވަރަށް ސިއްރުން،" އެ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓު ފައިނަލް ވަންދެން ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ރައީސް މުއިއްޒުއަށް ތާއީދުކުރައްވާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ދައްކަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ހިތުގެ އަޑިން ކުރާ ތާއީދެއް ނޫން ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.
"ކާކުތޯ ރައީސް މުއިއްޒުއަކީ. ރައީސް މުއިއްޒުއަށް ހީވަނީ އެއީ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލް ބޭފުޅެއް ކަމަށް. އަޅުގަނޑުމެންނަށްތާ އެނގޭނީ ރަށްރަށުގެ މީހުން ގުޅާފައި އަޅުގަނޑުމެން ގާތު ދައްކާ ވާހަކަ. އަޅުގަނޑުމެން ބޭނުމެއް ނޫން ރައީސް މުއިއްޒުއާ ހެދި މިވެރިކަން 2028 ގައި ގެއްލޭކަށް،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ އިސްބޭފުޅާ ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ޕާޓީގެ އޮނިގަނޑު އެ ބޭފުޅާ ބޭނުންވާ ގޮތަށް ބަދަލުކުރައްވަމުން ކަމަށެވެ. ނަމަވެސް އެއިން ކުރާނެ އެއްވެސް ފައިދާއެއް ފަހު ވަގުތު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނޫސްތަކުން މިވާހަކަ މިހާރު ލިޔުނަސް ވަރިހަމަ. 2028 ގައި މި ޕާޓީ (ޕީއެންސީ) އިން ރައީސް މުއިއްޒު ނޫން މީހަކު ނެރެ އިންތިހާބު ކާމިޔާބު ކުރާނަން. އަޅުގަނޑުމެން މިގެންދަނީ އަޅުގަނޑުމެންނާ ވާދަވެރި ބައެއް ބޭފުޅުންނާ ވެސް މަޝްވަރާތައް ކުރަމުން،" އެ ބޭފުޅާ ވިދާޅުވި އެވެ.
ޕީއެންސީގެ އެތެރޭގެ ކަންތައްތައް ވަރަށް ގާތުން ހޯއްދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު މުސްތަފާ (މުސްތޮ) ވެސް އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ބަދަލުގައި ޕީއެންސީ އިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އާ ކެންޑިޑޭޓެއް ނެރުމަށް ސިއްރު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
"އެކަން ހިނގާނެ. މުއިއްޒު ގެންދަނީ 2028 ވަނަ އަހަރަށް އެހެން ކެންޑިޑޭޓަކު ނެރުމަށް ރޭވިފައިވާ ކަމަށް ތުހުމަތު ކޮށް ޕީޕީއެމްގެ ލީޑަރުންނަށް ގުޅައި، މެސެޖްކޮށް، ބިރުދައްކަމުން، ޕްރެޝަރު ކުރަމުން. ވާދަވެރިން ކަމަށްބެލެވޭތީ، ޣައްސާން، ޒަމީރު، އަދި އެޑަމް އެއްފަރާތް ކުރީ ހީލަތްތެރިކަމުން،" އޭނާ ވިދާޅުވި އެވެ.
މުސްތޮ ވިދާޅުވީ ޕީއެންސީގެ ވީޕީ މަގާމަށް މަހުޖަނު އަދި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިހާރު ކެމްޕޭން ފެށި ނަމަވެސް، މުއިއްޒު އެ މަގާމު ޒަމީރަށް ނުދޭނެ ކަމަށެވެ. އަދި މިހާރު އަމާޒު ހިފާފައިވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެކަހެރި ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރުން، މެނޭޖިން ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުން، ޕާޓީގެ ލީޑަރު، މުއިއްޒުގެ ހުއްދަ ނުލިބި، އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭވޭނެ ގޮތަށް އަސާސީ ގަވާއިދު ވަނީ ބަދަލުކޮށްފައި. (އަސާސީ ގަވާއިދު ޕާރޓީގެ ވެބްސައިޓުންވެސް ގެއްލުވާލާފައި) އަވަސް އަރުވާލައިގެން ކޮންގްރެސް ބޭއްވުމަކީ ޕީޕީއެމްގެ ނުފޫޒުގަދަ ފަރާތްތަކާއި ލީޑަޝިޕް، ޕާރޓީގެ އާންމު މެންބަރުންނާ ގުޅުން ކަނޑުވާލައި އާ ލީޑަޝިޕެއް އައްޔަން ކުރުން،" މުސްތޮ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑަރުންނަށް ބިރުދައްކައި މަގާމު ބަދަލުކޮށް، ފުރަައްސާރަކޮށް ހެދި ނަމަވެސް ބަދަލު ކެންޑިޑޭޓް ނުހުއްޓުވޭނެ ކަމަށެވެ.
"ބިރެއް ނުވަތަ ބިރުދެއްކުން އެކަން ހުއްޓުވޭކަށް ނެތް،" މުސްތޮ ވިދާޅުވި އެވެ.
ޕޯސްޓަކާ ގުޅިގެން މުއިއްޒުއާއެކު ތިބިކަމަށް ބުނަން އަންގަނީ
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ޖޭލޯ އޭނާގެ ދަރިންނާއެކު އެރިއާނާގެ ކޮންސެޓެއްގައި!
މިފަހަރު މުއިއްޒުއަށް ރަނގަޅު ލަގާއެއް މި ގްރޫޕް ދޭނެ. ބަލަން ތިބި ބަޔަކަށް ފެންނާނެ.
ރިޕްލައިމަށަށް ފެންނަނީ އަދުރޭ އާއި ޝިޔާމް ތިޔަ ޕާޓީން ބޭރުކުރަން. މުއިއްޒުއަށް ހެޔޮއެދޭތީ މިބުނީ. ތިޔަ ދެމީހުން މިވެރިކަން ހަލާކުކުރާނީ. ތިޔައީ ރައީސް ޔާމީންނަށް ލަނޑުދިން ގްރޫޕް. އަވަހަށް ފިޔަވަޅު އަޅާ
ރިޕްލައިހީވަނީ އަދުރޭ އާއި ޝިޔާމް ތިބީ ރަނގަޅު ދަނޑިވަޅަކަށް ބަލަބަލައިހެން. ތިހެން ތިބެފައި ކުއްލިއަކަށް މުއިއްޒު ސައްޕަކަށް ޖަހާނެ ކަމަށް ބެލެވޭ.
ރިޕްލައިވަރަށް ރަނގަޅު ނިންމުމެއް. މުއިއްޒު ލައިގެން މިކަމެއް ނުވާނެ. ދެން ވެސް ލަސްނުކޮށް މިކަން ނިންމަން ވެއްޖެ. ތިޔަ ޕާޓީ ހަވާލުކުރަންވީ އަބްދުއްރަހީމް ނުވަތަ ޝިޔާމްއާ.
ރިޕްލައި