މާލޭ ވިޔަފާރި ބަނދަރުގައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިފައިވާތީ، ދޫނިދޫއާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 11:10 ހާއިރުއެވެ. މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖެއްގައި ހުރި ކޮންޓޭނަރުތަކެކެވެ. މި ކޮންޓޭނަރުތައް ކަނޑަށް ވެއްޓި އޮޔާދާކަމުގެ ރިޕޯޓު ފުލުހުންނަށް ދީފައިވަނީ ސީދާ އެ ކުންފުނީގެ ފަރާތުންނެވެ.
ކޮންޓޭނަރުތައް ކަނޑަށް ވެއްޓުމާ ގުޅިގެން، އެ ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދޫއާއި ފޭދޫފިނޮޅާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް ރޭގަނޑުގެ އަނދިރި ވަގުތުތަކުގައި ކަނޑުމަތީގައި އޮންނަ ބޮޑެތި ތަކެތީގައި އުޅަނދުފަހަރު ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުކަމުން، ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.
އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާތަކެއް ދީފި
އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް
ވަގަށް ނެގި ވޯލްޑް ކަޕް ތަށި ހޯދި ގޮތް!
