ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެލް ގައި މިއަދު ޕެނަމާ އާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެ އެވެ.
މި މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު އޭނާ ވެފައި ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. މިއީ އޭނާ ވޯލްޑްކަޕްގައި ޖެހި 11 ވަނަ ލަނޑެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި 80 ހާހަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 17 ވަނަ މިނިޓުގައި އިންގްލެންޑް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ޖޫޑް ބެލިންހަމް އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ އޭނާ ފީފާ ވޯލްޑްކަޕްގައި ޖެހި 11 ވަނަ ލަނޑެވެ.
މި ނަތީޖާ އާއެކު އިންގްލެންޑް އަށް ވަނީ ގްރޫޕް ގައި ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. ދެވަނަ މަގާމް ކްރޮއޭޝިޔާއަށް ލިބިފައިވާއިރު ތިންވަނަ އަށް ދިޔައީ ގާނާ އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ގާނާ އާއި ކްރޮއޭޝިޔާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ކްރޮއޭޝިޔާ އެވެ.
މެޗުގެ 31 ވަނަ މިނިޓުގައި ކްރޮއޭޝިޔާގެ ޕޭޓާ ސުޗިޗް ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދައި ދިން ނަމަވެސް މެޗުގެ 73 ވަނަ މިނިޓުގައި ގާނާގެ ޑެރިކް ލުކަސެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ކްރޮއޭޝިޔާ މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ނިކޮލާ ވްލަސިޗް އެވެ.
މަނީ ލޯންޑްރިންގެ މައްސަލަ ޖެކޮލީން އަނބުރާ ގެންގޮސްފި
އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް