މޫސުން ގޯސްވެ، ހއ. އަތޮޅުން ދ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
އެ އިދާރާއިން މި ސަމާލު ނެރެފައި ވަނީ 4:15 އިން ހެނދުނު 9:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސަމާލު ނެރެފައިވާ ގަޑިތަކުގައި ހއ. އަތޮޅުން ދ. އަތޮޅަށް ދެމެދުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެ އިދާރާ އިން ރޭ ވަނީ 10:45 އިން ދަންވަރު 2:45 އާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ.
އެ އެލާޓް ނެރެފައިވާ ގަޑިތަކުގައި ބ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެން ވަންނާނެ ހެން ހުންނަ ގެތަކާއި ފިހާރަތަކުގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހައި ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ. އަދި ކަނޑުގަދަ ސަރަހައްދުތަކުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި ދަތުރުތައް ނުކުރުމަށް ވެސް އިލްތިމާސް ކުރެ އެވެ.
މާލޭގެ މަގުމަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަނީ
އުޒްބެކިސްތާން ބަލިކޮށް ކޮންގޯ ދެވަނަ ބުރަށް