މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ހަތަރު މަސް ދުވަހަށް މެދުކަނޑާލާފައި އޮތް އެމިރޭޓްސް އެއާލައިންގެ ރާއްޖެއާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފި އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގައި ފެށުނު ހަނގުރާމަވެރި ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އީރާން އަދި އިރާގުގެ އިތުރުން އިޒްރޭލް އަދި ޖޯޑަންގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން މުޅި ނެޓްވޯކަށް ބޮޑެތި ބުރޫތަކެއް އެރި އެވެ. އެގޮތުން ޔޫއޭއީގެ ވައިގެ ސަރަހައްދުވެސް ބަންދުކުރަން ޖެހުނެވެ. ޑްރޯންއާއި މިސައިލްގެ އިންޒާރުތަކާ ގުޅިގެން ބައެއް ބޯޓުތައް ވައިގެ ތެރޭގައި ތިއްބާ ކުއްލި ގޮތަކަށް އަނބުރާލަން ޖެހުނު ހާދިސާތައް ހިނގާފައިވެ އެވެ.
މި ހާލަތުގެ ސަބަބުން ސަރަހައްދީ އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެމިރޭޓްސްއިން އެކަނިވެސް ފެބްރުއަރީ 28 އިން ފެށިގެން މާޗު މަހުގެ މެދަކާ ހަމައަށް ތާވަލުކުރި ފްލައިޓްތަކުގެ 54 ޕަސަންޓް ކެންސަލްކުރަން ޖެހުނެވެ. މިއީ 2000 އަށްވުރެ ގިނަ ފްލައިޓެވެ. މީގެ އިތުރުން މުޅި މެދުއިރުމަތީގެ އެއާޕޯޓުތަކުން 30000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވި އެވެ. ގަތަރު އެއާވޭސްގެ 93 ޕަސަންޓް އަދި އިއްތިހާދު އެއާވޭސްގެ 79 ޕަސަންޓް ފްލައިޓް އެ ދުވަސްވަރު ކެންސަލްކުރަން ޖެހުނެވެ.
މިހާރު މަސްރަހު މަޑުމަޑުން ރަނގަޅުވަމުން އަންނާތީ އެމިރޭޓްސްއިން ވަނީ ދުނިޔޭގެ 110 އަށްވުރެ ގިނަ މަންޒިލަށް ކުރާ ދަތުރުތައް އަލުން އިއާދަކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖެއާއި ކޮލަމްބޯއާ ދެމެދު ކުރާ މުހިންމު ދަތުރުތައް ހިމެނުމަކީ ދެ ގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއާއެކު ސަރަހައްދުގެ އިގުތިސާދީ ދުވެލި އަލުން އިއާދަވުމަށް މަގުފަހިވެގެންދާނެ އެވެ.
ެއެމެރިކާ އާއި އީރާނުގެ ފަންނީ މަޝްވަރާތައް ދޯހާގައި ފަށައިފި
ހިޔާ ފްލެޓްގައި ލިފްޓް ހަރުކޮށް ނިންމުމުގެ ރަސްމިއްޔާތު ބާއްވަނީ
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
