ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ ކްރޮއޭޝިއާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، ޕޯޗުގަލް މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.

ކެނެޑާގައި ރޭ ކުޅުނު މެޗުގެ 53 ވަނަ މިނިޓުގައި ކްރޮއޭޝިއާ އިން ލީޑު ނެގީ އީވާން ޕެރިސިޗް ޖެހި ލަނޑުންނެވެ.

އެހެން ނަމަވެސް، ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗުގެ 68 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ރޮނާލްޑޯ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލް އިން ލީޑު ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވަޑް ގޮންސާލޯ ރާމޮސް ޖެހި ލަނޑުންނެވެ.

މެޗުގެ ނިމެން ގާތްވެފައިވަނިކޮށް، ކްރޮއޭޝިއާގެ ޔޮސްކޯ ގްވާޑިއޯލް ޕޯޗުގަލްގެ ގޯލަށް ބޯޅައެއް ވައްދާލި ނަަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ލަނޑު ވަނީ ކެންސަލްކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16ގެ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ ސްޕެއިނެވެ.