ރާއްޖެ އާއި މެކްސިކޯއިން ކެންސަރު ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ޑާޒަލެކްސްގެ ފޭކް އިންޖެކްޝަންތަކެއް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗުއޯ އިން އިންޒާރު ދީފި އެވެ.
ޑަބްލިއުއެޗުއޯގެ ރަސްމީ ވެބްސައިޓުގައި ނެރެފައިވާ އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފޭކް އިންޖެކްޝަންތަކަކީ ބޭސް ވިއްކުމާއި އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކަކުން ބާޒާރަށް ނެރެފައިވާ ތަކެއްޗެވެ. މި ތަކެތި އުފެއްދި ތަނާއި ގެނައި ގައުމު ގަސްތުގައި އޮޅުވާލާފައިވާކަން އެ ޖަމިއްޔާއިން ކަށަވަރުކޮށްދެ އެވެ. ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ މުހިންމު ބޭހެކެވެ.
މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ ޖޭންސެނުން ވަނީ ދެ ބެޗެއްގެ އިންޖެކްޝަނަކީ ފޭކް ތަކެއްކަން ކަށަވަރުކޮށްދީފަ އެވެ. އެއީ އެމްވައިއެސް7381 އަދި އެސްޓީވީ1ކޭ01 އެވެ. މީގެ ތެރެއިން އެސްޓީވީ1ކޭ01 ނަންބަރުގެ ބެޗު ރާއްޖެއިން ފެނިފައިވާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.
ފެނިފައިވާ ފޭކް އިންޖެކްޝަންތަކުގެ ލެބޯޓަރީ ޓެސްޓުތައް މިހާތަނަށް ހަދާފައި ނުވާތީ، މީގެ ސަބަބުން ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރުތައް ފުރިހަމައަށް ދެނެގަނެވިފައެއް ނުވެ އެވެ. ނަމަވެސް، ރާއްޖެއިން ފެނުނު ބެޗުގެ އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން ބައެއް ބަލިމީހުންގެ ހަށިގަނޑުގައި އިންފެކްޝަން އުފެދުމާއި، މީހާ ހާލު ދެރަވެ ބަލިކަށިވުން ފަދަ ނުރައްކާތެރި އަލާމާތްތަކެއް ފެނިފައިވާކަން ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ބަލިމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ސިއްހީ މާހިރުން އިންޒާރު ދެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް
ޕެނަލްޓީ ޖަހައިގެން ދިރާގުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު
