ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ބައި ލައްކައެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، މި ހިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ ހާއްސަ ހާލަތްތަކުގައި ހޯދާ މި ހިދުމަތް ހޯދުމަށް ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި 23 ހަށިގަނޑެއް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްއަށް ހަށިގަނޑެއް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ވެސް ގާތްގަނޑަކަށް 55،000 ރުފިޔާ ހަރަދުވާއިރު، ވޭތުވެދިޔަ ދިހަ އަހަރު ތެރޭ މިކަމަށް ދައުލަތުގެ ބަޖެޓުން 1.2 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
ހަމައެއާއެކު މިއީ 2015 ވަނަ އަހަރުގެ ގާނޫނެއްގައި ހިމަނާފައިވާ ހިދުމަތެއް ނަމަވެސް، ފާއިތުވި ސަރުކާރުތަކުން މިއަށް އަމަލީ ސިފައެއް ގެނެސްފައި ނުވާތީ، މި ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވަލް ދޭއްގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެން ކުރަމުން ކަމަށް ގީލާ ވިދާޅުވި އެވެ.
މި ޔުނިޓް ގާއިމްވުމުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި ޕޯސްޓްމޯޓަމްގެ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ދަށުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތަކާއި، ލާއިންސާނީ އަނިޔާގެ އިތުރުން އިންޝުއަރެންސް ބޭނުންތަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަންކޮށްދިނުން ހިމެނެ އެވެ.
މި މަޝްރޫއަށް ބޭނުންވާ ބަޖެޓާއި ބިން މިހާރު ކަނޑައެޅިފައި ވާއިރު، މިއީ ހައްސާސް ހިދުމަތަކަށް ވާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގައިޑްލައިންތައް ވެސް ޝާއިއުކޮށްފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާތަނަށް ހަދާފައި ނުވާ "ފޮރެންސިކް ޕެތޮލޮޖީގެ" ގަވާއިދު އެކުލަވާލައި، މިހާރު އޮތީ ގެޒެޓުކުރުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
ބޮލުގައި ބަޑި ޖައްސައި ފުރޮޅާލި ވެރިކަމުގެ ބާރު
އެއާ ކާގޯ ހިސާބުތަކާ އެއާލައިން ރެކޯޑުތައް ދިމާނުވޭ: ފިރާގު