އަޅުގަނޑުމެންގެ ނިޔަފަތިތަކަކީ ހަމައެކަނި އަތުގެ ރީތިކަމަށް އޮންނަ އެއްޗެއް ނޫނެވެ. މިއީ މުޅި އެތެރެ ހަށީގެ ސިއްހީ ހާލަތު އަންގައިދޭ މުހިންމު "ލޯގަނޑެކެވެ".
މަޝްހޫރު ފިޒީޝަން ޑރ. ކުނާލް ސޫދު ވަނީ ނިޔަފައްޗަށް އަންނަ ބަދަލުތަކުން ދެނެގަނެވޭނެ ސިއްހީ 5 މުހިންމު ކަމެއް ހިއްސާ ކުރައްވާފަ އެވެ.
1. ނިޔަފަތި ހުދުވުން ނުވަތަ ކުލަ ފަނޑުވުން
ނިޔަފަތީގެ ކުލަ އާދަޔާ ހިލާފަށް ހުދުވެ، ފަނޑުވެފައި ހުންނަނަމަ، އެއީ ހަށިގަނޑުގައި ލޭ މަދުވުން (އެނީމިއާ) ނުވަތަ ކިޑްނީއާއި ފުރަމޭގެ ބައްޔެއްގެ ނިޝާނަކަށް ވެދާނެއެވެ. ލޭ ދައުރުވުން ދަށްވުމުން ނިޔަފަތީގެ ގުދުރަތީ ރަތް ކުލަ ގެއްލިގެންދެ އެވެ.
2. ނިޔަފަތީގައި ރީނދޫ ކުލަ ޖެހުން
ނިޔަފަތި ރީނދޫވުމުގެ އެންމެ އާންމު ސަބަބަކީ ފަންގަސް އިންފެކްޝަނެކެވެ. ނަމަވެސް، ދިގު މުއްދަތަކަށް ނިޔަފަތި ރީނދޫވެ، ނިޔަފަތި ބޯވަމުންދާނަމަ، އެއީ ނޭވާލާ ނިޒާމުގެ ބައްޔެއް ނުވަތަ ތައިރޮއިޑްގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.
3. ނިޔަފަތި ފަސޭހައިން ބިންދައިގެން ދިއުން
ނިޔަފަތި މާބޮޑަށް ހިކި، ފަސޭހައިން ފަޅައިގެން ގޮސް ބިންދައިގެން ދާނަމަ، އެއީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން (ހާއްސަކޮށް ބަޔޯޓިން ނުވަތަ ވިޓަމިން B7) މަދުވުމުގެ ނިޝާނެކެވެ. މީގެ އިތުރުން ތައިރޮއިޑް ހޯމޯން ދަށްވުމަކީ ވެސް ނިޔަފަތި ފުރިހަމައަށް ހެދުމަށް ހުރަސްއަޅާ ކަމެކެވެ.
4. ނިޔަފަތި ލެނބުން
ނިޔަފަތީގެ ކޮޅު ބޮޑުވެ، އިނގިލީގެ ކުރިއަށް އެނބުރޭ ގޮތް ވުމަކީ "ނެއިލް ކްލަބިންގް" އެވެ. މިއީ ހަށިގަނޑުގެ ޓިޝޫތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭކަމުގެ މުހިންމު ނިޝާނެކެވެ. ގިނަ ފަހަރަށް މިއީ ފުއްޕާމޭގެ ނުވަތަ ހިތުގެ ބައްޔެއްގެ އަލާމާތެކެވެ.
5. ނިޔަފަތި ދަށުގައި ކަޅު ނުވަތަ މުށިކުލައިގެ ރޮނގުތަކެއް ހުރުން
ނިޔަފަތި ދަށުގައި ދިގަށްދާ ކަޅު ނުވަތަ މުށިކުލައިގެ ރޮނގު ހުރުމަކީ އަވަހަށް ސިއްހީ އެހީތެރިކަން ހޯދަންޖެހޭ ކަމެކެވެ. މިއީ އާދައިގެ އަނިޔާއަކުން ވެފައިވާ ކަމަކަށް ވެސް ވެދާނެ އެވެ. ނަމަވެސް، ސަބަބެއް ނެތި މިފަދަ ރޮނގެއް އުފެދިފައިވާނަމަ، އެއީ ހަމުގެ ކެންސަރުގެ ނުރައްކާތެރި ބަވަތެއް ކަމަށްވާ "މެލަނޯމާ"ގެ އަލާމާތަކަށް ވެދާނެ އެވެ.
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް
ރަސްދެލި ރިސޯޓަށް ބޮޑެތި ތުހުމަތުތަކެއް، އިދާރާތައް ހިމޭނުން!
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި