ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މޭޔަރު ސައުދު ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކުރީ ސިޔާސީ ރޭވުމެއްގެ ދަށުން ކަމަށެވެ. އަދި ފުލުހަށް ހާޒިރުކުރުމުން ސާފުވަނީ ބާރުގަދަ މަގާމުތަކުގައި ތިބި މީހުންނަށް ކޯޓުތަކަށާއި އެހެނިހެން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މިންވަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ތެރޭގައި ކަންމަތީ ބައްދަލުވުންތަކުގައި އިންތިހާބުވިޔަސް އޭނާ ޖަލަށް ލާނެ ކަމަށް ވިދާޅުވެފަ އެވެ. އިންތިހާބުވެފައި ހުރި މެންބަރަކު އެފަދަ ވާހަކައެއް ދެއްކެވުމުން ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު އޮތްކަން ހާމަވާ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީގެން ތިނަދޫ ސިޓީއަކަށް ބަދަލުނުކުރެވޭނެ ކަމަށާއި ސަރުކާރުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަނީ އެހާ ދޯހަޅިކޮށް ނޫން ކަމަށް ސައުދު ވިދާޅުވި އެވެ. މީހަކު ހުށަހަޅާ ދޮގު މައުލޫމާތަކަށް ބަލައިގެން ރަށެއް ސިޓީއަކަށް ބަދަލުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ތާކުންތާކު ނުޖެހޭ ހެއްވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިއީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރާ ސިޔާސީ މަސައްކަތެއް ކަމަށެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ސައުދުﷲ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ 2023 ވަނަ އަހަރު ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ. 2022 ވަނަ އަހަރުން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވައިފަ އެވެ.
އެ ސިޓީގައިވާ ގޮތުން ތިނަދޫ ރަޖިސްޓްރީގައި އެހެން ރަށްރަށުގެ މީހުންގެ ނަން ހިމެނުމާއި، ތަކުރާރުކޮށް އެކެއްގެ ނަން ހުރުމާއި، މަރުވެފައިވާ މީހުން ދިރިތިބި މީހުންގެ ގޮތުގައި ޖަހާފައިވެ އެވެ. މިއީ އޭރު ރަށު ކައުންސިލްގައި ތިބި ކައުންސިލަރުން ބޮޑު މުސާރައާއި ބަޖެޓު ހޯދުމަށް ކުރި މަސައްކަތެއް ކަމަށާއި ތިނަދޫގެ އަސްލު އާބާދީ އަށްހާހަށްވެސް ނުފޯރާކަން ކަމާބެހޭ އިދާރާތަކަށް އެނގިފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މީގެއިތުރުން ސިޓީގެ ދަރަޖަ ދިނުމާއެކު އޭރު އޮތް ރަށު ކައުންސިލް ސިޓީ ކައުންސިލަށް ބަދަލުކޮށް، ކައުންސިލްގެ ރައީސަށް މޭޔަރުގެ މަގާމު ދިނުމަށްފަހު، އަލަށް ލިބުނު ބަޖެޓުން ބޭކާރު ހަރަދުތަކެއްކޮށް ވަޒީފާތަކެއް ދީފައިވާ ކަމަށްވެސް ސައުދުﷲ ވިދާޅުވެފައިވެ އެވެ.
މި މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި އޮއްވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން މޭޔަރު ސައުދު އަލީ ސަސްޕެންޑުވެސް ކުރި އެވެ. އޭރުވެސް ސައުދު ވިދާޅުވެފައިވަނީ އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ސްކޭމްތަކުގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު
ރަސްދެލި ރިސޯޓަށް ބޮޑެތި ތުހުމަތުތަކެއް، އިދާރާތައް ހިމޭނުން!

ސިޓީއެއްގެ ދަރަޖަ ފުރިހަމަ ނުވާކަން ސާބިތުވާ ހެއްކަކީ އެމްއާރުއެއް ނެހެދޭ ސީޓީ ސްކޭން ވެސް ނެހެދޭ ފުއްޕާމޭގެ ޓެސްޓެއް ނެހެދޭ ސިޓީގެ ދަރަޖަ ދިންއިރު އާބާދީ 10000 ހަމަނުވޭ ސިއްޙީ ޚިދުމަތް އޭރު އޮތީ ވެންޓިލޭޓަރުގަ
ރިޕްލައި