ހޮލީވުޑްގެ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަންގެ ދިރިއުޅުމުގައި ރޫޅުނު ދެ ކައިވެންޏާ ބެހޭ ގޮތުން އޭނާގެ ހިތުގެ އިހުސާސްތައް ފާޅުކޮށްފި އެވެ.
ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި، 59 އަހަރުގެ ނިކޯލް ވަނީ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ކްރޫޒް އާއި ކީތު އާބަންއާ ވަކިވުމުން ކުރި އަސަރުތަކާއި، މީޑިއާގެ ލޯތަކުގެ ދަށުގައި އެފަދަ ކަންކަން ތަހައްމަލު ކުރަން ޖެހުނު ގޮތުގެ މައްޗަށް އަލި އަޅުވާލާފަ އެވެ.
ނިކޯލް ބުނި ގޮތުގައި، 2025 ވަނަ އަހަރު ކީތުއާ ވަކިވުމަކީ އޭނާއަށް ވަރަށް އުނދަގޫ އަދި ހިތްދަތި ދުވަސްވަރެކެވެ. އެ ވަގުތަކީ އޭނާގެ ކުރިމަގާމެދު ވަރަށް ބޮޑަށް ޔަގީންކަން ކުޑަވެ، ހިތް ބިރުގަތް ދުވަސްވަރެއް ކަމަށް އޭނާ ބުންޏެވެ.
"އެއް ހިސާބެއްގައި އަހަރެން ހުރީ ވަރަށް ބޮޑަށް ބިރުގަނެފައި. ވަރަށް ނާޒުކު ހާލަތެއްގައި ހުރީ. އެ ވަގުތު އަހަރެންނަށް ދެ ގޮތެއް އޮތް. އެކަމާ ކުރިމަތިނުލައި ފޮރުވިގެން އުޅުން، ނުވަތަ ވަރަށް ބޮޑު އުއްމީދަކާއެކު ކުރިއަށް ދިއުން. އަހަރެން ހިޔާލުކުރި ގޮތަށް ދިރިއުޅުން ނުދިޔަޔަސް، މިހާރު މި އޮތީ މި ހާލަތު. އަހަރެން މިކަމަށް އަށަގަންނަން ޖެހޭ،" ނިކޯލް ބުންޏެވެ.
ކުރީގެ ތަޖުރިބާތަކުން ފަހުގެ ތަޖުރިބާ ފަސޭހަ ވިތޯ ސުވާލު ކުރުމުން ނިކޯލް ބުނީ، އެއީ ހަމަ އެއްކޮށް އާ ތަޖުރިބާއެއް ކަމަށާއި ކޮންމެ ފަހަރަކުވެސް ކުރެވެނީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.
މީގެ އެތައް އަހަރެއް ކުރިން ޓޮމް ކްރޫޒްއާ ކައިވެނި ކުރިއިރު، އެ ކައިވެނި އޭނާގެ ކެރިއަރަށް އަސަރުކޮށްފާނެ ކަމަށް ގިނަ ބަޔަކު ބުނި ހަނދާން ނިކޯލް އާކުރި އެވެ. ނަމަވެސް އެއިރު އޭނާ އެކަމަށް ފަރުވާލެއް ނުބަހައްޓަ އެވެ.
"އެމީހުން ބުނަމުންދިޔަ އެއީ އަހަރެންގެ ކެރިއަރަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކޭ'. އަހަރެންގެ ޖަވާބަކަށްވީ އެއިން އެއްވެސް ކަމަކަށް އަހަރެންގެ ފަރުވާލެއް ނެތޭ. އަހަރެން ބޭނުމީ ލޯބިވާ މީހާއާ ކައިވެނި ކުރާށޭ." ނިކޯލް ބުންޏެވެ.
ނިކޯލް އާއި ޓޮމް ކްރޫޒް ކައިވެނިކުރީ 1990 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 23 އަހަރެވެ. އެ ކައިވެނި 2001 ވަނަ އަހަރު ނިމުމަކަށް އައިއިރު، އޭނާ ވަނީ ފިލްމީ ދުނިޔޭގައި އަމިއްލަ މަގާމެއް ހޯދާފަ އެވެ.
ނިކޯލްގެ މި ވާހަކަތަކުން ދައްކުވައިދެނީ، ކިތަންމެ ބޮޑު މަޝްހޫރުކަމެއް ލިބިފައިވިޔަސް، އޭނާވެސް އެހެން މީހުންނެކޭ އެއްފަދައިން ހިތްދަތިކަމާއި، ބަދަލުވަމުންދާ ދިރިއުޅުމުގެ ހާލަތާއެކު ކުރިއަށް ދާން މަސައްކަތްކުރާ ކަމެވެ.
އަމީތާބަށްފަހު އެންމެ މަގުބޫލު ތަރިއަކީ އަހަރެން: ކަންގަނާ
"ބާބީ 2"ގެ ކުރިމަގު ނޭނގުމެއްގެ ތެރޭގައި!
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް