ރ. އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ހުދަންބަރު ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ ޑިންގީއެއްގައި ދަތުރު ނުކުމެ އުޅުނު އުނގޫފާރުގެ ހަތަރު މީހަކަށެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިން ގޮތުގައި، ހުދަންބަރު ކަމަށް ބެލެވޭ މި އެތި ފެނިފައިވަނީ އުނގޫފާރުގެ އުތުރު ކަނޑުއޮޅިންނެވެ.
މިކަމާ ގުޅިގެން މީހަކު ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމީހުންނަށް ފެނުނު ހުދަންބަރުގެ ބަރުދަނުގައި ގާތްގަނޑަކަށް ނުވަ ކިލޯ ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހުދަންބަރަކީ މާވަހަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު ބާވަތެވެ. މާވަހަރަކީ މައިގަނޑު ގޮތެއްގައި ސެންޓާއި އަގުބޮޑު އަތަރު އުފެއްދުމަށް ބޭނުންކުރާ އަސާސީ މާއްދާއެކެވެ. މާވަހަރުގައި އަމިއްލަ ޒާތުގައި މާ ގަދަ ވަހެއް ނުހުރި ނަމަވެސް، އަތަރު ހެދުމުގައި މާވަހަރު ބޭނުންކުރަނީ އޭގެ ސަބަބުން ސެންޓުގެ މީރުވަސް ގިނަ ދުވަހަށް ދަމަހައްޓައިދޭތީ އެވެ.
ރާއްޖޭގެ ކަނޑުތަކުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އަގުބޮޑު މާވަހަރާއި ހުދަންބަރު ފެނިފައިވެއެވެ.
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
އިންޑޮނޭޝިއާގެ ސުމަތުރާއަށްވެސް އިތުރު ބާރުގަދަ ބިންހެލުމެއް
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟