ގިނަ ފަހަރަށް އަޅުގަނޑުމެން ހެދުން ގަންނައިރު ނުވަތަ ލާއިރު، ވަކި ކުލައެއް އަހަރުމެންގެ ހަމުގެ ކުލައާ ގުޅޭތޯ ނުވަތަ ނޫންތޯ ބަލަން އެނގެނީ މަދު ފަހަރަކު އެވެ.
ފެޝަންގެ މާހިރުން ވިދާޅުވާ ގޮތުގައި، މީހާގެ ހަށިގަނޑުގެ އަންޑަޓޯން ނުވަތަ ހަމުގެ އަޑީގައިވާ ކުލަ ދެނެގަތުމަކީ ހެދުން އެޅުމުގެ ވައްޓަފާޅި މުޅިން ބަދަލު ކޮށްލެވޭނެ ކަމެކެވެ.
އަންޑަޓޯން އަކީ ހަންގަނޑުގެ މަތީގައި ފެންނަ ކުލަ (ކަޅު، ހުދު، ނުވަތަ މުށި ކުލަ) ނޫނެވެ. އެއީ ހަމުގެ އަޑިން ފެންނަ އަސްލު އަސަރެވެ. އާންމުކޮށް އަންޑަޓޯން ބަހާލެވެނީ ތިން ބަޔަކަށެވެ:
- ވާމް އަންޑަޓޯން: ރީނދޫ ނުވަތަ ރަން ކުލައިގެ އަސަރެއް ހުރުން.
- ކޫލް އަންޑަޓޯން: ނޫ ނުވަތަ ފިޔާތޮށި ކުލައިގެ އަސަރެއް ހުރުން.
- ނިއުޓްރަލް އަންޑަޓޯން: ވާމް އަދި ކޫލް ދެ ކުލަ އެއްވަރަކަށް ހުރުން.
އަންޑަޓޯން ދެނެގަންނާނީ ކިހިނެއް؟
އަޅުގަނޑުމެންގެ އަންޑަޓޯން ދެނެގަތުމަށް ބޭނުންކު ރެވޭނެ ފަސޭހަ ގޮތްތައް ހުރެ އެވެ. އޭގެ ތެރޭގައި އަތުގެ ނާރުތަކުގެ ކުލަ ބެލުން ހިމެނެ އެވެ. ނާރުތައް ފެންނަނީ ފެހި ކުލައަކަށް ކަމަށްވާނަމަ އެއީ ވާމް އަންޑަޓޯން އެކެވެ. އަދި ނޫ ނުވަތަ ދަނބު ކުލައަކަށް ފެންނަ ނަމަ އެއީ ކޫލް އަންޑަޓޯން އެކެވެ. މި ދެ ކުލަވެސް ފެންނަ ނަމަ އެއީ ނިއުޓްރަލް އަންޑަޓޯން އެކެވެ.
ގުޅޭ ކުލަތައް ހޮވުން
އަންޑަޓޯން ދެނެގަނެވުމުން ވާޑްރޯބް ނުވަތަ ހެދުން އަލަމާރި ތައްޔާރު ކުރަން ވަރަށް ފަސޭހަ ވެގެންދެ އެވެ.
- ކޫލް އަންޑަޓޯން ހުންނަ މީހުންނަށް އެންމެ ގުޅޭނީ ނޫ ކުލަ، ފެހި، އަދި ދަނބު ކުލަ ފަދަ ކުލަތަކެވެ.
- ވާމް އަންޑަޓޯން ހުންނަ މީހުންނަށް ރީނދޫ، އޮރެންޖު، ރަތް އަދި ބްރައުން ކުލަ ފަދަ ކުލަތައް މާ ބޮޑަށް ރީތިކޮށް ފެންނާނެ އެވެ.
- ނިއުޓްރަލް އަންޑަޓޯން ހުންނަ މީހުންނަށް ކޮންމެ ކަހަލަ ކުލައެއްވެސް ފަސޭހަކަމާއެކު ލެވޭނެ އެވެ.
ހެދުން އެޅުމުގައި ރަނގަޅު ކުލަތައް އިހްތިޔާރު ކުރުމަކީ މީހާގެ ސިފަ އިތުރަށް ވިދާލައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުކޮށްދޭނެ ކަމެކެވެ.
ދަރިންގެ ހަރަދު ނުދޭ މީހަކު ޖަލަށްލައި, ފޮޓޯއާއެކު އާންމުކޮށްފި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި