ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު، ވެމްކޯއަށް ނުދައްކާ އޮތް 19 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން އުނިކުރުމުން މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ނިންމާފައިވާ 19.2 މިލިއަން ރުފިޔާގެ ތެރެއިން 19 މިލިއަން ރުފިޔާ ވެމްކޯއަށް ދިނުމަށްޓަކައި އުނިކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އޮފީސް ހިންގުމުގެ ހަރަދު ހަމަޖައްސަން ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރަން ކައުންސިލުން ރަސްމީކޮށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި މިހާތަނަކަށް ޖަވާބެއް ނުލިބޭ. އެތައް މުވައްޒަފުންނެއް މަގުމަތި އެ ކޮށްލަނީ. ރައީސް މުއިއްޒު ކުރި ކަމެއްގެ ޒިންމާ އަޅުގަނޑުމެން ނަގަންޖެހޭނެތޯ. މިކަމުގެ ފުރިހަމަ ޒިންމާ މުއިއްޒު ނަގަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
ބަންގްލަދޭޝްގެ ރައީސަކަށް އަލަމްގިރު ހަމަޖައްސައިފި
