ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ ސަލްމާން ހާންގެ ސުޕަހީރޯ ފިލްމެއްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއީ ސަލްމާންގެ ފިލްމީ ކެރިއަރުގައި ވަރަށް ތަފާތު އަދި އޭނާގެ ފޭނުން އިންތިޒާރު ކުރަމުން އަންނަ ފަދަ ވަރަށް ހާއްސަ މަޝްރޫއަކަށް ވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމަކީ ސަލްމާން މަޝްހޫރު ޑައިރެކްޓަރުންގެ ޖޯޑު ކަމަށްވާ ރާޖް އެންޑް ޑީކޭއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ބޮލީވުޑްގެ އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ޝޫޓިން ރަސްމީކޮށް ފެށިގެންދާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މި ވަގުތު އެ ޑައިރެކްޓަރުން އަވަދިނެތި އުޅެނީ ޝާހިދު ކަޕޫރު ލީޑްރޯލުން ފެންނަ މަޝްހޫރު ސީރީޒް 'ފަރްޒީ 2'ގެ މަސައްކަތުގަ އެވެ. އެ ފަރާތުން ހާމަކުރި ގޮތުގައި، އެ ސީރީޒްގެ ފަހު ޝެޑިއުލްގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެކަން ނިމުމާއެކު ސަލްމާންގެ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ފަށާނެ އެވެ.
އެގޮތުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު މި ފިލްމުގެ މަސައްކަތްތަކާއި ފަންނީ ތައްޔާރީތައް ފެށިގެންދާނެ ކަމަށް ހަބަރު ލިބެ އެވެ.
ސަލްމާން ޚާން މި ފިލްމުގެ ޝޫޓިން ފަށާނީ އޭނާ މިހާރު ކުރިއަށް ގެންދާ އެހެނިހެން މަޝްރޫއުތަކާއި، މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް'ގެ މަސައްކަތްތައް މުޅިން ނިންމުމަށްފަހު އެވެ.
ސަލްމާން ފުރަތަމަ ފަހަރަށް ސުޕަހީރޯއެއްގެ ރޯލުން ފެނިގެންދާނެ މި ފިލްމަކީ އޭނާގެ ފޭނުންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށް ވާނެ އެވެ.
ރާޖް އެންޑް ޑީކޭގެ ތަފާތު ޑައިރެކްޓިން ވައްޓަފާޅިއާއި ސަލްމާންގެ އެކްޝަން ރޯލުތައް އެއްކޮށްލުމުން، މި ފިލްމު ވެގެންދާނީ ބޮލީވުޑްގައި ބޮޑު ކާމިޔާބީއަކަށް ވާނެ ފިލްމަކަށެވެ.
އިންޑިއާގައި އަނެއްކާވެސް ޒުވާނުން ނުކުމެ މުޒާހަރާ ކުރަނީ
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށްފި
މިސް ވޯލްޑްގެ ޗެލެންޖެއްގެ އޭޝިއާގެ ގަދަ ފަހެއްގައި ރާއްޖޭގެ އީމާ