ގޭގައި ކެއްކުމުގެ ތެރޭގައި ނުވަތަ ބާބަކިއު ކުރުމުގެ ތެރޭގައި ކާނާ ކުޑަކޮށް އަނދައި، ކަޅުވެފައި ހުންނަތަން އަހަރުމެންނަށް ވަރަށް ގިނައިން ފެނެ އެވެ.
ޓޯސްޓް ފޮއްޗެއް ނުވަތަ ގްރިލް ކޮށްފައި ހުންނަ މަސްކޮޅެއް ކުޑަކޮށް އަނދައިގެން ދިއުމުން އެ ބައި ކަފާލާފައި ނުވަތަ އެއާއެކުވެސް ކެއުމަކީ ގިނަ މީހުންގެ އާދަ އެކެވެ.
ނަމަވެސް މިފަދަ ކާނާ ކެއުމަކީ ސިއްހަތަށް ރައްކާތެރި ކަމެއްތޯ ވިސްނާލަން ޖެހެ އެވެ. ކެންސަރު ބައްޔާ ބެހޭ މަޝްހޫރު ޑޮކްޓަރެއް މިކަމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައިވެ އެވެ.
ކާނާ އަނދާއިރު އުފެދޭ ނުރައްކާތެރި މާއްދާތައް
އެމް.އޯ.ސީ ކެންސަރު ކެއާގެ މެޑިކަލް އޮންކޮލޮޖިސްޓް ޑރ. ތަންވީ ސިންގް ވިދާޅުވާ ގޮތުގައި، ކާނާ މާ ބޮޑަށް ހޫނު ކޮށްގެން ކެއްކުމުން ނުވަތަ އެއްކޮށް އަންދައިގެން ދިއުމުން އޭގެ ކެމިކަލް އެކުލެވުން ބަދަލުވެ، ސިއްހަތަށް ގެއްލުންހުރި މާއްދާތައް އުފެދެ އެވެ. އޭގެ ތެރޭގައި:
- ހެޓެރޯސައިކްލިކް އެމައިންސް (HCAs) އަދި ޕޮލިސައިކްލިކް އެރޮމެޓިކް ހައިޑްރޯކާބަންސް (PAHs): މިއީ މަސް ފަދަ ތަކެތި ވަރަށް މަތީ ހޫނުމިނެއްގައި ގްރިލް ކުރާއިރު ނުވަތަ ފިހާއިރު އުފެދޭ މާއްދާ ތަކެެވެ. މަހުގެ ސަރުބީ އަލިފާނަށް ފައިބައިގެން އަރާ ދުމުގެ ސަބަބުން މި މާއްދާތައް މަހުގައި ހަރުލަ އެވެ. މިއީ ޑީއެންއޭއަށް ގެއްލުންދީ ކެންސަރުގެ ނުރައްކާ ބޮޑު ކޮށްދޭ މާއްދާތަކެެވެ.
- އެކްރިލަމައިޑް: ހަނޑޫ ފަދަ ކާޑުގެ ބާވަތްތައް ނުވަތަ ފުށް ފަދަ ސްޓާޗް އެކުލެވޭ ތަކެތި މާ ބޮޑަށް ހޫނު ކޮށްގެން ކައްކާއިރު މި މާއްދާ އުފެދެ އެވެ.
ކުޑަކޮށް އަނދާފައި ހުންނަ ކާނާ ކެއުން ރައްކާތެރި ތަ؟
ޑޮކްޓަރު ވިދާޅުވާ ގޮތުގައި، މަދުން ނޫނީ ކުޑަކޮށް އަނދާފައި ހުންނަ ޓޯސްޓެއްގެ ބައި ކަފާލާފައި ކެއުމަކުން ނުވަތަ މަދުން ކާނާގެ ކުޑަ ބައެއް އަނދައިގެން ކެއުމަކުން ވަގުތުން ބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވާނެ އެވެ. ނަމަވެސް، މިފަދަ ކާނާ ކެއުން ގަވާއިދުން ނުވަތަ އާދަކޮށް ގެންގުޅޭނަމަ ސިއްހަތަށް ނުރައްކާވެ އެވެ.
- ކެންސަރުގެ ނުރައްކާ: ޚާއްސަކޮށް އަނދާފައި ހުންނަ މަސް ގަވާއިދުން ކެއުމަކީ ކޮލޮރެކްޓަލް (ހަޖަމުކުރާ ނިޒާމުގެ)، ޕެންކްރިއަސް އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކޮށްދޭ ކަމެކެވެ.
- އެހެނިހެން ސިއްހީ މައްސަލަތައް: ކެންސަރުގެ އިތުރުން، އަނދާފައި ހުންނަ ކާނާ ގިނައިން ކެއުމަކީ ހަށިގަނޑުގައި ދުޅަވުން އިތުރުވެ، އިންސިއުލިން ރެސިސްޓެންސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އަދި އުމުރުން ދުވަސް ވުމުގެ ދަތުުރު އަވަސްކޮށް، ހަކުރު ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކޮށްދޭ ކަމެކެވެ.
ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތައް
- ކާނާ ކައްކާއިރު ނުވަތަ ފިހާއިރު މާ ބޮޑަށް ހޫނު ނުކޮށް، މެދުމިނުގެ ހޫނު މިނެއްގައި ކެއްކުން.
- މަސް ފިހުމުގެ ކުރިން ލުނބޯ ޖޫހާއި، ރާހުތް، ޔޯގަޓް ނުވަތަ ޖަހައިގެން މެރިނޭޓް ކުރުން: މިކަމުން ނުރައްކާތެރި މާއްދާތައް އުފެދޭ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވޭނެ އެވެ.
- ރޯޒްމަރީ ފަދަ ތަކެއްޗާއި، ލޮނުމެދު ބޭނުން ކޮށްގެން ވެސް މިފަދަ ނުރައްކާތެރި މާއްދާތައް އުފެދުން މަދުކުރެވިދާނެ އެވެ.
- ކާނާގެ އަނދާފައި ހުންނަ ބައިތައް ކެއުމުގެ ކުރިން ކަފާލައި އެއްލާލުމަކީ ރައްކާތެރި ކަމެކެވެ.
ސަލްމާންގެ ކުރިއަށް އޮތީ ސުޕަހީރޯ ފިލްމެއް!
އުރަމަތީގެ ސިއްހަތަށް އަންހެނުން ގެންގުޅެންޖެހޭ 5 އާދައެއް!
އަހާންއާއި އަނީތު އެކުގައި ޗުއްޓީ ހޭދަ ކުރަނީ؟