ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 35 ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި އެ 35 މީހުން ޕޮޒިޓިވްވީ 1282 ސާމްޕަލް ޓެސްޓް ކުރުމުންނެވެ. މިއަދު އަތޮޅު ތެރެއިން ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ.
ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އަންނަނީ މަދުވަމުންނެވެ. މިކަމުގެ ސަބަބަކީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބެމުން ދިޔުން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ޑޮކްޓަރުންގެ އިލްތިމާސަކީ އެޗްޕީއޭގެ އިރުޝާދުތަކަށް ކުރިއަށް އޮތްތަނުގައި ވެސް އަމަލުކުރަމުން ދިޔުމެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10,8948 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،110 އެވެ. އޭގެ ތެރެއިން 72 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 368 މީހުންނެވެ.
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
ސްކޫލެއްގެ މުވައްޒަފުންތަކެއް ހިންގި ބޮޑު ހިޔާނާތުގެ މައްސަލައެއް
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!
