ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވި ޚަބަރު ލިބުނު އިރު ޑޮނާލްޑް ޓްރަމްޕް ހުންނެވީ ވާޖިނިއާގެ ސްޓާލިންގައި ހުންނަ އޭނާގެ ގޮލްފް ކޯސްގައި ގޮލްފް ކުޅުއްވުމަށެވެ.
ޓްރަމްޕްއަކީ އެމެރިކާގެ ރައީސުންގެ ތެރެއިން އެންމެ ގިނަ ވަގުތު ގޮލްފް ކުޅުމުގައި ހޭދަކުރައްވާފައިވާ ރައީސެވެ.
އިންތިޚާބުގެ ނަތީޖާ އާއި ގުޅިގެން އިންޓަވިއު ދެއްވީ ވެސް އެތަނުގައި ހުންނަވައިގެން ކަމަށް ވަނީ ބެލެވިފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި "މި އިންތިޚާބު ނިމެން އަދި ކައިރިވެސް ނުވެ އެވެ."
ޓްރަމްޕް އެހެން ވިދާޅުވި ނަަމަވެސް ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރެއްވުމާއެކު އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
