ދިގު އަށް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ހޮލީވުޑްގެ ތަރިން ކަމަށްވާ ޑަކޯޓާ ޖޯންސަންސްއާއި ކްރިސް މާޓިން އެންމެ ފަހުން ވަކިވެއްޖެ އެވެ.
ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ޑަކޯޓާއާއި ކްރިސްގެ މެދުގައި ހައްލު ނުކުރެވޭ ފަދަ މައްސަލަތަކެއް ޖެހި އެ ގުޅުން ނިންމާލަން ވަނީ ދެމީހުން ވެސް ވަނީ އެއްބަސްވެފަ އެވެ.
ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން އެމީހުންގެ ގުޅުމުގައި ކުނިޖެހި ގުޅުން ނިންމާލި ކަމަށް ބުނެ އަޑުތައް ވަނީ އަރާފަ އެވެ.
"މިފަހަރު ހީވަނީ މިއީ އެންމެ ފަހު ފަހަރު ހެން." ޑަކޯޓާއާއި ކްރިސްއާ ގާތް ފަރާތަކުން ނަން ހާމަނުކޮށް މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ.
ކްރިސްއާއި ޑަކޯޓާގެ ގުޅުން ނިމުމަކަށް އައިސްފައިވާއިރު އެންމެ ފަހުން އޮތް ކޯލްޑްޕްލޭގެ ފެނިލުމުގައި ކްރިސް ވަނީ ޑަކޯޓާގެ ކުރިއަށް އޮތް ފިލްމު "މެޓީރިއަލިސްޓްސް"އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ޑަކޯޓާއަކީ "50 ޝޭޑްސް އޮފް ގްރޭ"އިން އާއްމުންގެ މަގުބޫލުކަން ހޯދި ތަރިއަކަށްވާއިރު ކްރިސްއަކީ ކޯލްޑް ޕްލޭގެ މުހިއްމު މެމްބަރެކެވެ.